ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންރުވާގެ މަސައްކަތަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރު ޝާހިދު ގޮވާލައްވައިފި

ފޮޓޯ:ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

”ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް“ އަންރުވާގެ މަސައްކަތް ހުއްޓައިނުލާ ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުއަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދު މި ފަދައިން ގޮވާލައްވާފައި މިވަނީ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އދ ގެ އެޖެންސީ، އަންރުވާއަށް ފަންޑު ހޯދުމާއި ބެހޭގޮތުން ވަޒީރުންގެ ފެންވަރުގައި އަންގާރަދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

ވަރޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރޝާހިދު ވިދާޅުވީ ފަލަސްތީނުގެ 5.5 މިލިއަން ރެފިއުޖީން އަސާސީ ބޭސްފަރުވާއަށާއި ތަޢުލީމަށް ބަރޯސާ ވަނީ އަންރުވާގެ އެހީއަށްކަމަށެވެ.

މީގެ އިތުރުން ފައިސާ ހޯދުމުގައި އަންރުވާއަށް ދިމާވާ ދަތިތަކުގެ ސަބަބުން ފަލަސްތީނުގެ ރެފިއުޖީންނަށް ކުރިމަތިވާ ގޮންޖެހުންތަކާމެދު މިނިސްޓަރު ޝާހިދުވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ނަމަވެސް، ކޮވިޑް-19 އިގެ މިފަަަދަ  ދަތިތަކާއެކުވެސް، އަންރުވާއިން ކުރަމުން އަންނަ މަސައްކަތް ހުއްޓައިނުލާ ކުރިއަށްގެންދާކަން މިނިސްޓަރ ޝާހިދުވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ޝާހިދުވަނީ އދގެ ޤަރާރުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުކުުރުމަށް ވެސް ގޮވައިލައްވާފައެވެ.

ޚާރިޖީ ވަޒީރު އައިމަން ސަފާދީއާއި ސްވިޑްންގެ ޚާރިޖީ ވަޒީރު ޕީޓަރ އެރިކްސަން އާއި ދެ ބޭފުޅުން ރިޔާސަތު ބެލހެއްޓެވި މި ބައްދަލުވުމަކީ މިއަހަރާއި އަދި ކުރިއަށް އޮތް ދެ އަހަރުގައި އަންރުވާއަށް ބޭނުންވާ ފަންޑުގެ އިތުރުން ބައިނަލްއަޤްވާމީ މުޖްތަމަޢުއިން ބޭނުންވާ ސިޔާސީ އެހީ ހޯދުމަށް ބާއްވާފައިވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އދ ގެ މެންބަރު ބައެއް ޤައުމުތަކުންވަނީ އަންރުވާއަށް މާލީ އެހީތެރިކަން ދިނުމަށް ވެސް އެއްބަސްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: