ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއައްސަސާއެއް ޖަވާބުދާރީ ކުރުވުމަކީ ނުފޫޒުފޯރުވުމެއްނޫން: އަސްލަމް

ގައުމީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަހުަމދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މުއައްސަސާއެއް ޖަވާބުދާރީ ކުރުވުމަކީ އެމުއައްސަސާއަށް ނުފޫޒުފޯރުވުން ނޫންކަމަށް ގައުމީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަހުަމދު އަސްލަމް ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތައި ބެހޭ ބިލާއި ގުޅޭ ބުކްލެޓް އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން 241 ކޮމިޓިގެ މުގައްރިރު އަސްލަމް ވިދާޅުވީ ސިޔާސީ ނުފޫޒަކަށް ވާނީ ސިޔާސީ މީހަކު ނުވަތަ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓިގެ މުގައްރިރު ވަކި މައްސަލައެއް ބެލުމަށް ނުވަތަ ނުބެލުމަށް އެންގެވުމުން ކަމަށެވެ. އެހެންނަމަވެސް، ވަކި މައްސަލައެއް އަވަސް ވަނީ ނުވަތަ ލަސްވަނީ އަދި ވަކި ގޮތަކަށް މައްސަލަތައް ބަލަމުންދާނަމަ އެކަން ބެލުން އެއީ ސިޔާސީ ނުފޫޒަށް ނުވާނެ ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ކޮންމެ މުއައްސަސާއަކަށްވެސް އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ ސިޔާސީ ނުފޫޒާއި ފުލުހުން ލައްވާ ގާނޫނާ ހިލާފަށް ކަންކަން ކުރުވުން ކަމަށެވެ. އެހެންނަމަވެސް، އެއީ މާކުރީގެ ކަމެއް ކަމަށާއި މިބިލު ފާސްވެގެން ދިޔުމާއެކު ފުލުހުންގެ މުއައްސަސާގެ މިނިވަންކަމާއި މުސްތަގިއްލުކަން ކަށަވަރުވެގެންދާނެ ކަމަށެވެ.

ވޭތުވެދިޔަތަނުގައި ފެނިފައި ހުރިކަމަކަށް ބަލައި ފުލުހުން ބާރުވެރިނުކުރުވުން އެއީ ރަނގަޅު ކަމެއް ނޫން. ބޭނުމަކީ ކުރިން ކަން ހިނގާފައި ހުރި ގޮތަށް ބަލައި ކުށް ތަކުރާރވިޔަނުދިނުން

މީގެ އިތުރަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ދައުރު އެންމެ ފުރިހަމައަށް އަދާނުކުރެވޭކަން 241 ކޮމިޓީއަށް ފާހަގަކުރެވިފައިވާތީ އެކަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓިއަށް ފޮނުވިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.
އަދި މިހާރު އޮންނަ ފުލުހުންގެ ގާނޫނުގެ ދަށުން ފުލުހުންނަށް އެކަށީގެންވާ ބާރުވެރިކަންވެސް ދީފައިނުވާ ކަމަށާއި އެކަމަކު މިގާނޫނު ފާސްވެގެން ދިޔުމާއެކު ފުލުހުން ބާރުވެރި ކުރެވި، ޖަވާބުދާރީކުރެވޭނެ މަގުފަހިވެގެންދާނެކަންވެސް އަސްލަމް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: