މިހާރު ފެންމުންދަނީ މިއަދުގެ ސަރުކާރު ބޮޑުތަނުން ފެއިލްވަމުންދާކަމުގެ ފާޅުކަން ބޮޑު ހެކިތައްކަމަށް، ޕީއެންސީގެ އިންތިޤާލީ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ޕީޕީއެމްއާއި ގުޅިވަޑައިގަތުމަށް، ޕީޕީއެމް/ޕީއެންސީން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައެވެ. މި ގޮތުން ޑރ.ޖަމީލް ޕީޕީއެމްއާއި އަލުން ގުޅިވަދައޮގަތުން އަބްދުއްރަހީމް ސިފަ ކުރެއްވީ ކައިވެންޏެއް އަލުން ރުޖޫޢަ ކުރުން ފަދަ ކަމެއްގެ ގޮތުގައެވެ. އަދި ޖަމީލަކީ ޕީޕީއެމްގައި ވޭތުވެދިޔަ ތަނުގައި ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މީ ގެ އިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ، ޕީޕީއެމްއާއި ދުރުގައި ހުންނެވުމަށްފަހު، ޕީޕީއެމް ނޫން ޕާޓީއެއްގައި މަސައްކަތްކުރައްވަން ޖަމީލްގެ ހިތްޕުޅު ހަމަޖެހިވަޑައެއްނުގަތްކަމަށާއި، ޕީޕީއެމްގައި މަސައްކަތްކުރެއްވުމުގެ ވިސްނުންފުޅާއެކު އަލުން ގުޅިވަޑައިގަތީކަން އަބްދުއްރަހީމް ފާހަގަ ކުރެއްވިއެވެ. އަދި ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ޕީޕީއެމްއާއި އިސްސަފަށް ނިކުމެވަޑައިގަތުމާއި، ޑރ.ޖަމީލްގެ ގުޅިވަޑައިގަތުމުން ދޭހަވެގެންދަނީ، މިއަދުގެ ސަރުކާރު ވަރަށް ބޮޑުތަނުން ފެއިލްވަމުންދާކަމުގެ ފާޅުކަން ބޮޑު ހެކިތައްކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޞާލިޙް އަމިއްލަފުޅަށް ލިޔުއްވާ ސިޓީގެ ޖަވާބު ލިބިވަޑައިގަތްކަން ހަނދުމަފުޅުނެތުމާއި، އެ ސިޓީގައި ސޮއިކުރެއްވެވޭ ހަނދުމަފުޅުނެތުމާއި އަދި މި ނޫން ކަންތައްތައް ވެސް ހަނދުމަފުޅުނެތޭ ހިސާބަށް ޤައުމެއްގެ އެންމެ އިސްވެރިއެއްގެ ހާލަތު ދިޔުމުނަ ދެން ޤައުމެއް ސަލާމަތްކުރަން އުޅޭ އޮޑިއަކަށް ޤައުމުދެކެ ލޯބިވާ ހުރިހައި ބޭފުޅުންވެސް އަރާވަޑާއިގަންނަވާނެކަމަށަ އަބްދުއްރަހީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ، ދިވެހިރާއްޖޭގެ ތާރީޚަކުން ރައީސް ޞާލިޙަށްވުރެ ވަކިން ގިނައިން ރައްޔިތުންގެ ކުރިމަތީގައި އިތުރުފުޅު ހެއްދެވި ވެރިއެއް ދެކެވަޑައިނުގަންނަވާކަމަށާއި، ދިމާއަށް ކުރިމަތީގައި ފެންނަން ހުރި ޙަޤީޤަތްތައް އޮޅުވައިލައްވާ ރައްޔިތުންނަށް ކަންކަމުގެ ޙަޤީޤަތް ފޮރުއްވެވުމަށްޓަކައި، ރައީސް ސާލިޙް ވާހަކަފުޅު ދައްކަވާފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
”އަޅުގަނޑު ދަންނަވާ ހިތްއޮތީ މިއީ ކައިވެނި ރުޖޫޢަކޮށްލުމެކޭ. ޖަމީލަކީ ޕީޕީއެމްގަ ކުރިން ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް. އެހެންނަމަވެސް ދުވަސްކޮޅަކު އަޅުގަނޑުމެންނާއި ދުރުގަ ހުރުމަށްފަހު ހަމަ މިނޫން ތަނެއްގަ މަސައްކުރާކަށް އެ މަނިކުފާނުގެ ހިތްޕުޅު ހަމައޖެހިވަޑައެއްނުގަތްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. އެ ފިކުރެއްގެ މަތީގަ މަސައްކަތްކުރެއްވުމުގެ ވިސްނުންފުޅުގަ އަނެއްކާވެސް އެނބުރި ޕީޕީއެމްގެ ފިކުރުގަ މަސައްކަތްކުރައްވަން ގުޅިވަޑައިގަތީ. އާދެ މީގެ ދެރެއެއްކުރިން އަޅުގަނޑުމެން ހަމަ މިތާގަ މިހާ އުފާވެރި އެހެން ރަސްމިއްޔަތެއް ބޭއްވި ހަނދުމަފުޅު ހަނދާން ތިޔަ ބޭފުޅުން ހުންނާނެ. އެއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ހުންނެވި ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނީކު އެ މަނިކުފާނަކީ 2013 ވަނަ އަހަރުން ފެށިގެން އަޅުގަނޑުމެންގެ ޕާޓީގެ މެންބަރެއް. އެ މަނިކުފާނު އިސްސްފަށް ނިކުމެވަޑައިގެން އަޅުގަނޑުމެންގެ ޕާޓީގެ ސްޕޭޝަލް އެޑްވައިޒަރުކަމުގެ މަޤާމާއި ހަވާލުވެވަޑާއިގެންނެވުމުގެ ރަސްމިއްޔާތު. އިރާދަކުރެއްވިއްޔާ މި ފެނަމުންދަނީ މިއަދުގެ ސަރުކާރު ވަރަށް ބޮޑުތަނުން ފެއިލްވަމުންދާކަމުގެ ފާޅުކަން ބޮޑު ހެކިތައް. މާބޮޑަށް ހަނދާން ނެތުމަކީ ހުރިހާކަމެއްގެ މަތިން ވެސް ހަނދާންނެތުން. އަމިއްލައަށް ލިޔާ ސިޓީގެ ޖަވާބު ލިބުނުކަން ހަނދާން ނުހުރުމާއި، އަމިއްލައަށް ލިޠާ ސިޓީގަ ސޮއިކުރެވޭ ހަނދާން ނެތުމާއި އަދި މި ނޫން ކަންތައްތައް ހަނދާންނެތޭ ހިސާބަށް ޤާއުމެއްގެ އެންމެ އިސްވެރިއެއްގެ ހާލަތު ދިޔައިމާ ދެން އެ ޤައުމަކު ޤައުމެއް ސަލާމަތްކުރަން އުޅުނު އޮޑިއަކަށް ޤައުމުދެކެ ލޯބިވާ ހުރިހައި ބޭފުޅުންވެސް އަރާވަޑާއިގަންނަވާނެ. އޭގެތެރެއިން މިހާރު މި ސިލްސިލާކޮށް މި ކަންކަން ހިނގަމުން މިދަނީ. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ދިވެހިރާއްޖޭގެ ތާރީޚަކުން ނުދެކެން އިބްރާހިމް މުޙައްމަދު ޞާލިޙަށްވުރެ ވަކިން ގިނައިން ރައްޔިތުންގެ ކުރިމަތީގަ ދޮގުހެއްދެވި ވެރިއެއް. ދިމާއަށް އަޅުގަނޑުމެންގެ އެންމެންގެ ކުރިމަތީގަ ފެންނަން ހުރި ޙަޤީޤަތްތައް އޮޅުވާލާ ރައްޔިތުންނަށް ކަންކަމުގެ ޙަޤީޤަތް ފޮރުވުމަށްޓަކައި، އިއްޔެގެ ކުރީ ދުވަހުއޭ އަޅުގަނޑު ހަނދާންވަނީ، ދެއްވި ނޫސްވެރިންގެ ކޮންފަރެންސްގަ ދެއްކެވި ވާހަކަފުޅު ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ.“ ޢަބްދުއްރަޙީމް
އަބްދުްރަހީމް ވިދާޅުވީ މިވަގުތަކީ ޕީޕީއެމް/ޕީއެންސީއާއި ހަމަ ކޮންމެ ބޭފުޅަކުވެސް ގުޅިވަޑައިގަންނަވަންވީ ވަގުތުކަމަށާއި، ދޮގުވެރި، ކެހިވެރި، މަކަރުވެރި، ހީލަތްތެރި ވެރިކަމަކުން ދިވެހި ޤައުމު ސަލާމަތްކުރަން ރައްޔިތުން ނިކުންނަންޖެހޭ ވަގުތު މިއޮތީ އައިސްޖެހިފައިކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި ދިވެހި ޤައުމު އެ ހުރިހާ ނުރަނގަޅު ސިފަތަކަކުން ރަނގަޅު ސިފަތަކަކަށް ގެންދެވޭނީ، ޕީޕީއެމް/ޕީއެންސީއާއި އެކީގައިކަމަށާއި، ރައީސް ޔާމިނުގެ ޤިޔާދަތުގައި ދަތުރުކޮށްގެންކަމާމެދަކު ޝައްކެއްވެސްނެތްކަމަށް ޢަބްދުއްރަޙީމްވަނީ ވިދާޅުވެފައެވެ.

