ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާއިން ހައްޔަރު ކުރި ދިވެހި އާއިލާގެ ތެރޭ ދެ އަހަރުގެ ތުއްތު ކުއްޖެއް، ކުއްޖާގެ އެއްވެސް ލިޔެކިއުމެއް ނެތް!

ލަންކާގެ ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ދިވެހި އާއިލާއެއް ހައްޔަރު ކުރުން/ ފޮޓޯ: ސްޓްރެއިޓްސް ޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް އަހަރު ވަންދެން ވިސާ ނެތި އަވައްޓެރި ލަންކާގައި ދިރިއުޅެމުން އައި އާއިލާއެއް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެ މީހުންނާއި ހަވާލުވެގެން ހުންނަ ބޮޑު މީހާ ފިލާފައިވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ލަންކާގައި ގަވައިދާއި ހިލާފަށް ދިރިއުޅެމުން އައި އެ އާއިލާ ހައްޔަރު ކުރީ ސީދާ ކޮން ދުވަހަކު ކަމެއް އަދި ސާފެއް ނޫނެވެ. އެހެން ނަމަވެސް އެ ވާހަކަތައް މީޑިއާތަކުގެ ފެންމަތިވެގެން އައި އިއްޔެގެ ވަގުތެއްގައެވެ. ”ސަންގު“ އާއި އިތުބާރު ހުރި މަސްދަރަކުން ބުނެފައިވަނީ އެއީ ފަސް މީހުންގެ އާއިލާއެއް ކަމަށެވެ. އެހެން ނަމަވެސް ލަންކާގެ ފުލުހުން އޭގެ ތެރެއިން އެކަކު ނުފެނިގެން ހޯދަމުންދާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެއެވެ. ދެން ތިބީ ދެ އަންހެނުންނެވެ. ކުޑަކުދިންގެ ތެރޭގައި 02 އަހަރުގެ ތުއްތު ކުއްޖެއް ހުރިއިރު އެ ކުއްޖާއާއި ބެހޭ އެއްވެސް ލިޔެކިއުމެއް ނެތެވެ. ނުވަތަ ކާކުކަން އަންގައިދޭ އައިޑީކާޑު ވެސް ނެތެވެ.

ސަންގުއާ ވާހަކަ ދެއްކި މީހާ ބުނީ، އެ ގައުމުގެ ފުލުހުން މިހާރު ހޯދަމުން އަންނަނީ ފިރިހެނެއް ކަމަށެވެ. އަދި އޭނާއަކީ ހައްޔަރުގައި ތިބި މީހުންނާއި ހަވާލު ވެގެން ހުރި މީހާ ކަމަށެވެ. ވާހަކަ ދެއްކި މީހާ ބުނީ ލަންކާއަށް ދިން ބޮމުގެ ހަމަލާތަކަށް ފަހު އެ ގައުމުގެ ސިފައިންގެ އޮޕަރޭޝަންތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި އެ ގައުމުގައި އުޅޭ ބޭރު ގައުމުތަކުގެ މީހުން ވެސް ބޭރު ތެރޭގައި އުޅޭއިރު ޕާސްޕޯޓާއި އަދި އެ ނޫން ވެސް މުހިންމު ލިޔެކިޔުން އަތުގައި ބެހެއްޓުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.

މި އާއިލާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ލަންކާގެ ފުލުހުން ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން އެ މީހުން ދިރިއުޅެމުން އަންނަ ގޭގެ މީހުންގެ ލިޔެކިޔުން ފުރިހަމަތޯ ބެލި ބެލުމުންނެވެ.

ފޮރިން މިނިސްޓްރީ މެދުވެރިކޮށް އަދި އާއިލާގެ އިތުރު މައުލޫމާތެއް ލިބޭ ގޮތެއް ނުވެއެވެ. އެހެން ނަމަވެސް ސަންގުގެ ނޫސްވެރިން ފޮރިން މިނިސްޓްރީގެ ޑިރެކްޓާރ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދުއަށް ގުޅާލުމުން ވިދާޅުވީ އާއިލާގެ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި މިނިސްޓްރީގެ އެންމެ ބޮޑު އިލްތިމާސަކީ ބޭރު ގައުމުތަކުގައި އުޅޭ ދިވެހިން ވިސާ އާ ކުރުމާއި އަދި އެ ގައުމެއްގެ ގަވައިދާ، ގާނޫނަށް އިހުތިރާމްކޮށް އެޔަށް އަމަލުތައް ބެހެއްޓުންކަމަށް މިއުވާން ވިދާޅުވިއެވެ.

ލަންކާގެ ބޮމުގެ ހަމަލާތަކުގައި އޭރު ވެސް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ވިސާ ނެތް ގިނަ ދިވެހިންތަކެއް ހައްޔަރުކޮށްފައި ވެއެވެ. އަދި އެ ގައުމުގެ ފުލުހުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ބަލާ ފާސްކުރުން ވެސް އިތުރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: