ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަފާރީ މައްސަލައިގައި ޖެންޑާ ކޮމިޓީ ބައްދަލުވެމެއް މާދަމާ، ޖީހާން ބައިވެރި ވެ ވަޑައެއް ނުގަންނަވާ!

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕް ކުރި މައްސަލައިގައި، ހައްޔަރު ކުރި ދެ މީހުން ދޫވެ މައްސަލަ ހޫނުވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން އެކަން ބެލުމަށް ތާވަލުކޮށްފިއެވެ.

ރޭޕްގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 39 އަހަރުގެ ދެ ފިރިހެނުން ވަނީ އެ މީހުން ހައްޔަރު ކުރި ދުވަހު ދޫކޮށްލާފައެވެ. އަދި އޭގެ ސަބަބެއްގެ ގޮތުގައި ފުލުހުން ބުނެފައިވަނީ އެ މީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށް ބުނެއެވެ.

ފަތުވެރިޔާ ރޭޕް ކުރި މައްސަލައިގައި ހިމެނޭކަމަށް ތުހުމަތުވާ ދެ މީހުންގެ ތެރެއިން އެކަކުގެ ވަނަވަރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އަދި އެކަމުގެ ތުހުމަތުވާ އެކަކު އެއީ މަޖިލީސް މެމްބަރެއްގެ ފިރިމީހާ ކަމަށް ވެސް ދަނީ ވާހަކަތައް ދެކެވެމުންނެވެ.

މާދަމާ މަޖިލީހުގެ ކޮމިޓީއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ. ރޮޒެއިނާ ވިދާޅުވީ ގޮތުން މައްސަލަ ތާވަލު ކުރެއްވީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުއެވެ. ނަމަވެސް ޖީހާން ކޮމިޓީގައި ބައިވެރިނުވާނެ ކަމަށާއި، ރިޔާސަތުގައި ހުންނަވާނީ ވައިކަރަދޫ ދާއިރާގެ މެމްބަރު އަދި ކޮމިޓީގެ ޑެޕިއުޓީ މުގައްރިރު ހުސައިން ޒިޔާދުކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

https://twitter.com/Roxeyna/status/1277167933500698625

ހައްޔަރު ކުރި މީހުންނަކީ ސަރުކާރުގެ ބާރުގަދަ ބައެއްކަމަށް ތުހުމަތުވާއިރު، ފުލުހުންގެ ފަރާތުން އަދި މިހާތަނަށް އެއްވެސް ކޮމެންޓެއް ނުލިބިއެވެ. އަދި ރެއިން ފެށިގެން ފުލުހުންގެ މީޑިއާ ގްރޫޕްގައި ނޫސްވެރިން އަންނަނީ މައްސަލައާއި ގުޅިގެން އެތައް ސުވާލެއް ކުރަމުންނެވެ.

ޖިންސީ ގޯނާގެ ކުށުގައި ހައްޔަރު ކުރެވޭ މީހުންނާއި މެދު ފިޔަވަޅު ނޭޅޭ މައްސަލައިގައި އާއްމުންގެ ނުރުހުން އިތުރުވަމުން އަންނައިރު ފާއިތުވީ މަހެއް ހާ ދުވަހުގެ ތެރޭގައި އަނެއްކާ ވެސް ޖިންސީ އަނިޔާގެ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިފަދަ މައްސަލަތަކުގައި ކުއްޖާގެ އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުންވެސް ހައްޔަރުކޮށްފައިވެއެވެ.

އޭރު މަޖިލީހުގެ ކޮމިޓީތައް ވެސް ބާރު ސްޕީޑެއްގައި މަސައްކަތް ފެށިއެވެ. އަދި ކަމާއި ބެހޭ އިދާރާތަކާއި މަސްއޫލިއްޔަތުތައް ވެސް ހަވާލު ކުރިއެވެ. ނަމަވެސް ފަހުން އެކަމުގެ މާބޮޑު އަޕްޑޭޓެއް ނުލިބެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައިގައި ދައުލަތުގެ މުވައްސަސާތައް ޒިންމާދާރުވެ، މި ފަދަކަންކަމުގައި ޝާމިލުވާ މީހުންނަށް ވީހާވެސް ހަރުކަށި އަދަބު ދިނުމަށް އާއްމުންދަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: