ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 25 މީހަކު ޕޮޒިޓިވްވެ، 54 މީހުން ރަނގަޅުވެ، 1 ނިޔާވެއްޖެ

ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް އިތުރު 25 މީހަކު ޕޮޒިޓިވްވެ، 54 މީހަކު ރަނގަޅުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

ހޮނިހިރުދުވަހުގެރޭ އެޗްޕީއޭއިން ހާމަކުރިގޮތުގައި، ހުކުރުދުވަހުގެ ހަވީރު 18:00 އިން ފެށިގެން، ހޮނިހިރުދުވަހުގެ 18:00 އާއި ހަމައަށް، ރާއްޖެއިން ކޮވިޑަށް އިތުރު 25 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން މި ބައްޔަށް ފަރުވާ ހޯދަމުންއައި މީހުންގެތެރެއިން އިތުރު 54 މީހަކު ރަނގަޅުވެފައިވާކަމަށް ވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މި ގޮތުން، އެންމެ ފަހުންޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، 19 ދިވެއްސެއްގެ އިތުރުން، ބަންގްލަދޭޝްގެ 04 މީހުންނާއި، އިންޑިއާގެ މީހެއްގެ އިތުރުން ލަންކާގެ މީހެއްކަމަށް އެޗްޕީއޭގެ ޓްވީޓްގައި ބުނެފައިވެއެވެ. މި ޢަދަދުތަކާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 2،435 އަށް އިތުރުވެފައިވާއިރު، އޭގެތެރެއިން އެންމެ ގިނަ ޢަދަދަކަށް ޕޮޒިޓިވްވެފައިވަނީ، ބަންގްލަދޭޝްގެ މީހުންނެވެ. މި ގޮތުން ބަލާއިރު، ރާއްޖެއިން މިހާތަނަށް ބަންގްލަދޭޝްގެ 1،216 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން 863 ދިވެއްސަކު މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު، އިންޑިއާގެ 224 މީހަކު ވެސް ރާއްޖއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެއެވެ. އަދި ހަމައެއާއެކު، ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެތެރޭގައި، ނޭޕާލްގެ 44 މީހަކާއި، ސްރީލަންކާގެ 19 މީހަކާއި، އިޓަލީގެ 11 މީހަކާއި، ޕާކިސްތާނުގެ 03 މީހެއްގެ އިތުރުން، ވަކި ޤައުމެއް ހާމަކޮށްފައިނުވާ 10 މީހަކު ހިމެނެއެވެ.

ރާއްޖެއިން މިހާތަނަށް 2،435 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވީ ނަމަވެސް، ބައްޔަށް ފަރުވާ ހޯދަމުން އައި މީހުންގެތެރެއިން މިހާތަނަށް ޖުމްލަ 2،030 މީހަކު ވަނީ ރަނގަޅުވެފައެވެ. މި ގޮތުން މިހާރު ބައްޔަށް ފަރުވާ ހޯދަމުންދަނީ، 390 މީހެއްކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. އޭގެ އިތުރުން ކަރަންޓީނު ފެސިލިޓީސްތަކުގައި 112 މީހުން ތިބިއިރު، އައިސޮލޭޝަން ފެސިލިޓީސް ތަކުގައި ޖުމްލަ 269 މީހުން މިހާރު ވެސް އެބަތިބިކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުގައި ބުނެފައިވެއެވެ.

ހަމައެއާއެކު ކޮވިޑް-19 އަށް ފަރުވާ ހޯދަމުންއައި މީހުންގެތެރެއިން، އިތުރު މީހަކު މިއަދު ނިޔާވެފައިވާކަމަށާއި، އެއީ 77 އަހަރުގެ ދިވެހި އަންހެނެއްކަމަށް ވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. މި އަންހެންމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވި މީހެއްކަމަށް ވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. މި އަންހެން މީހާއަކީ، ކޮވިޑް-19 ޖެހިގެން ރާއްޖެއިން އެންމެފަހުން ނިޔާވި ދިވެހި ފިރިހެންމީހާގެ އަނބިމީހާކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ. މީގެ ކުރިން ވެސް ވަނީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ދެމަފިރިއަކު ނިޔާވެފައެވެ. މި ގޮތުން މީގެކުރިން ކޮވިޑް-19 ޖެހިގެން ނިޔާވެފައިވަނީ، ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެ ޝަރަފުވެރިޔާ، މަރޮށީ ޙުސައިން ޢަބްދުﷲ އާއި، އެ މަނިކުފާނުގެ އަނބިކަނަބަލުންނެވެ. މި ގޮތުން މިހާތަނަށް ކޮވިޑް-19 ޖެހިގެން މިހާތަނަށް 6 ދިވެއްސަކު ނިޔާވެފައިވާއިރު، ބަންގްލަދޭޝްގެ 4 މީހެއްގެ އިތުރުން ޕިލިޕީންސްގެ ރައްޔިތަކު ވެސް ވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: