ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗުން ކޮވިޑަށް ޕޮޒިޓިވްވި ޢަދަދު 11 އަށް، 27 މުވައްޒަފުން ހޯމްކަރަންޓީނުގައި

އައިޖީއެމްއެޗުގެ ޑރ.ނަޒީމް. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 11 އަށް އިތުރުވެފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އައިޖީއެމްއެޗުން ކޮވިޑް-19 އިގެ ކޭސްތަކެއް ފެންމަތިވެފައި މިވަނީ، އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދެމުންދިޔަ އިންޑޮނޭޝިއާގެ ރައްޔިތަކު މި މަހުގެ 02 ވަނަ ދުވަހު ނިޔާވުމާއި ގުޅިގެން ހެދި ޓެސްޓުގެ ނަތީޖާ ކޮވިޑަށް ޕޮޒިޓިވްވި ހިސާބުންނެވެ. މި ގޮތުން އެ ހޮސްޕިޓަލްއިން މިހާތަނަށް ޖުމްލަ 11 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މި ކަން ހާމަކޮށް ހޮނިހިރުދުވަހުގެރޭ ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ(އެޗްއީއޯސީ) އިން ބޭއްވި ނޫންވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އައިޖީއެމްއެޗްގެ ޑރ.ނަޒީމް ވިދާޅުވީ، މިހާތަނަށް ހެދިފައިވާ ކޮންޓެކްޓް ޓްރޭސިންގެތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ފާހަގަކުރެވިފައިވަނީ، 11 މީހެއްކަމަށާއި، އޭގެތެރޭގައި ހިމެނެނީ، އެ ހޮސްޕިޓަލުގައި ފަރުވާދެމުންއައި ބަލިމީހުންގެތެރެއިން 05 މީހުންނާއި، 04 މުވައްޒަފެއްގެ އިތުރުން، ޕޮޒިޓިވްވި 04 ބަލިމީހުންގެތެރެއިން، ދެ މީހެއްގެ ޢާއިލާގެ 02 މެންބަރުންކަމަށް ވެސް ޑރ.ނަޒީމް ވިދާޅުވިއެވެ.

މި ގޮތުން މިހާރު ޕޮޒިޓިވްވި 04 ބަލިމީހުންގެތެރެއިން 02 މީހަކު، ޑީއެޗް 11 އަށް ބަދަލުކޮށްފައިވާކަމަށާއި، ދެން ތިބި 02 މީހުން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައިވާކަމަށް ވެސް ޑރ.ނަޒީމް ވަނީ ވިދާޅުވެފައެވެ.

”އާދެ. އެނގިލައްވާނެފަދައިން މިހާރު 2 ޖުލައިގަ އަޅުގަނޑުމެންގެ އިންޑޮނޭޝިއާގެ ރައްޔިތެއް އައިސީޔޫގައި ފަރުވާދެމުންދަނީ ކެންސަރަށް ފަރުވާދެމުންދަނިކޮށް، ނިޔާވުމާއި ގުޅިގެން އޭރުގަ ހެދިފަ އިން ޓެސްޓު ކޮވިޑް ޓެސް ޕޮޒިޓިވްވުމާއި ގުޅިގެން އައިސީޔުތެރެއިން އަޅުގަނޑުމެން ކޮންޓެކްޓް ޓްރޭސިންގްހަދާ އެކްސްޕޯޝަލް ހިސްޓްރީއާ އެއްޗެހިބަލާ މިގޮތަށް ކުރިއަށްގެންދަން. މިހާރުވެސް އަދިވެސް ހަމަ ކުރިއަށްދަނީ މި ހޮސްޕިޓަލްތެރޭގަ އަޅުގަނޑުމެން ބަލަމުންދާ ބެލުންތަކުގެތެރޭގަ އޭގެތެރެއިން މިހާތަނަށް އަޅުގަނަޑުމެންނަށް ފާހަގަވެފަ އިނީ، 11 މީހަކު ހޮސްޕިޓަލްތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފަ. އެއީ 5 ޕޭޝަންޓުން. އޭގެތެރޭގަ މި ނިޔާވި އިންޑޮނޭޝިއާ ރައްޔިތުވެސް ހިމެނޭ. ދެން އޭގެ އިތުރުން 4 ސްޓާފުން. އަދި މިހާރު އިތުރަށް ދެން ޕޮޒިޓިވްވި 4 ޕޭ ޝަންޓުންގެ ދެ ރިލޭޓިވުން. އެހެންވީމަ 11 ބޭފުޅުން މިވަގުތު، 11 މީހުންނަށް ކޮވިޑް ޕޮޒިޓިވްވިކަމަށް ފާހަގަކުރެވެނީ. ދެން ކޮންޓެކްޓް ޓްރޭސިން ފުދޭވަރަކަށްގިނައިން ހެދިއްޖެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ވަގުތު 11 މީހުން ފާހަގަކުރެވުނީ، އޭގެތެރެއިން ސްޓާފުން 04. ދެން މި ޕޭޝަންޓުންތެރެއިން 04 ޕޭޝަންޓުން އިްޔެ ދެ މީހުންވަނީ ފާހަގަކުރެވިގެން އެ ދެ ޕޭޝަންޓުން މިހާރު ޑީއެޗް 11 އަށް ޓްރާންސްފަރކުރެވިފަ ވާނީ. ދެން މިއަދު ހެނަދުނު އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އިތުރު ދެ ޕޭޝަންޓަކު، އެ ދެ މީހުން މިހާރު، ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް އަޅުގަނޑުމެން ޓްރާންސްފަރކޮށްފަ.“ ޑރ.ނަޒީމް

މީގެ އިތުރުން އައިޖީއެމްއެޗްގެ 27 މުވައްޒަފަކު މިހާރު ތިބީ ހޯމްކަރަންޓީނުގައިކަމަށް ވެސް ޑރ.ނަޒީމް ވިދާޅުވިއެވެ. އަދި ވޯޑްތަކުގައި ޓެސްޓުކުރުމުގެ ކަންތައްތައް ކުރިއަށްދާކަމަށާއި، ހޮސްޕިޓަލުގައި ތިބި ބަލިމީހުންގެ އެހީތެރިންގެތެރެއިން ބައެއްމީހުންނާއި، މުވައްޒަފުން ވެސް ޓެސްޓުކުރެވެމުންދާކަމަށް ޑރ.ނަޒީމް ވިދާޅުވިއެވެ.

އައިޖީއެމް އެޗުން ކޮވިޑް-19 ފެނުމާއެކު އެެ ހޮސްޕިޓަލުން މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މި ގޮތުން ހޮސްޕިޓަލުގެ އޯޕީޑިގެ ގަޑިތަކަށް ބަދަލުގެނެސް، މިހާރު ޚިދުމަތް ފޯރުކޮށްދޭނީ ހެނދުނު 09:00 އިން ފެށިގެން، މެންދުރުފަހު 13:00 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: