ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފި

ޒަކާތް ދޫކުރުމުގެ ކަންކަން ކުރިއަށްދަނީ. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

1440 ވަނަ އަހަރުގެ މުދަލުގެ ޒަކާތް ބެހުމަށްޓަކައި، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖަޢާކުރަން ނިންމާފައިވާތީ، މިހާރު އެކުލަވާލެވިފައިވާ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް މާދަމާއިން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ހުޅުވާލާފައިވާކަމަށެވެ. ނަމަވެސް މި ފުރުސަތަކީ، މިހާރު އޮތް ދަފްތަރުގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް ހުޅުވާލެވޭ ފުރުސަތަކަށްވާތީ، މި އހަރު ފިޠުރުޒަކާތް ބަހާފައިވާ ދަފްތަރުގައި ހިމެނޭ ފަރާތްތަކުން މި ފަހަރު ފޯމު ހުށަހަޅަން ނުޖެހޭނެކަމަށް ވެސް އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވެއެވެ.

މީގެ އިތުރުން ދަފްތަރުން އުނިވާން ބޭނުންވާ ފަރާތެއްނަމަ، ނުވަތަ ދިރިއުޅޭ ރަށުގެ ދަފްތަރަށް ބަދަލުވާން އެދޭ ފަރާތްތަކުން ސިޓީއަކުން ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ. އިސްލާމިކް މިނިސްޓްރީން ހާމަކުރިގޮތުގައި، މާލެ ފިޔަވައި އެހެނިހެން ރަށްރަށުގައި ފޯމު ބަލައިގަތުމުގެ ކަންކަން ހަމަޖެހިފައިވާނީ، އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.

މީގެ އިތުރުން މާލޭ ސިޓީން ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ، އިސްލާމިކް މިނިސްޓޤރީގެ ލޮބީން ކަމަށާއި، ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާނީ، ކޮންމެ ދުވަހަކުވެސް. ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު، 13:00 އަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ކޮންމެ ދުވަހަކު ވެސް 50 ނަންބަރުދޫކުރާނެކަމަށާއި، އެ ދުވަހެއްގެ ޚިދުމަތްދިނުމަށް ހަމޖެހިފައިވާ ޢަދަދު ހަމަވުމުން، އޭގެ ފަހުން އަންނަ ފަރާތްތަކަށް ނަންބަރު ދޭނީ ޖެހިގެން އަންނަ ދުވަހު ފޯމުލެވޭގޮތަށްކަމަށް ވެސް އިސްލާމިކް މިނިސްޓްރީންވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ފޯމު ހުށަހަޅަންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިސްކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ. މި ގޮތުން ފޯމު ހުށަހަޅަން އެ މިނިސްޓްރީގެ ލޮބީއަށްދާއިރު، މާސްކް އެޅުމަށާއި، އެކަކަށްވުރެ ގިނަ މީހުންނައުމަށާއި، ކުޑަކުދިން ނުގެންދިއުމަށާއި، ގައިދުރުކަން ބެހެއްޓުމަށާއި، ފޯމު ހުށަހެޅުމަށްފަހު މަޑުނުކޮށް ދިއުމަށް ވެސް އިސްލާމިކް މިނިސްޓްރީންވަނީ އަންގާފައެވެ. އޭގެ އިތުރުން، ފޯމު ހުށަހަޅާ މީހުން ފިަވައި އިތުރުމީހުން އެ ސަރަހައްދުގައި މަޑުނުކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: