ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢައިރު ދުސްތޫރީ ނިންމުންތަކަކާއެކު އުފެދިފައިވާ  ޖުޑިޝަލް ސިސްޓަމަކުން ޤާއިމުކުރެވޭނީ އެ އުފެއްދި ބަޔަކު ބޭނުންވާ އިންޞާފެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޢައިރު ދުސްތޫރީ ނިންމުންތަކަކާއެކު އުފެދިފައިވާ  ޖުޑިޝަލް ސިސްޓަމަކުން ޤާއިމުކުރެވޭނީ އެ އުފެއްދި ބަޔަކު ބޭނުންވާ އިންޞާފެއް ކަމަށް ކުރީގެ އުްތަމަ ފަނޑިޔާރު  ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. 

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ ދީދީ މިފަދައިން ވިދާޅުވީ ކުރީގެ މަނީލޯންޑްރިންގގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަ ކުރިއަށް ނުދާތީ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓުވިޓަކާއި ގުޅިގެންނެވެ. 

ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވާފައިވާ ޑރ ޝަހީމް ކުރެއްވި ޓުވިޓުގައި ވިދާޅުވީ  ސްޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން އުފުރާލުމަށް ފަހު، ޢަދުލު އިންސާފު ރަނގަޅުވި ވާހަކަ ދައްކަވާއިރު، ރައީސް ޔަމީންގެ އިސްތިއުނާފު ޝަރީޢަތް ހިފެހެއްޓިފައިވާ ކަމަށެވެ. އަދި އެކަން އެހެން ވަނީ ކީއްވެގެންތޯ ޑރ ޝަހީމް ސުވާލު ކުރެއްވިއެވެ. އަދި ވިދާޅުވީ  ރައީސް ޔާމީނަށް އިންޞާފު ނުލިބި ލަސް ވެގެން ދިއުމަކީ ދެރަވަރު ކަމެއް ކަަމށާއި ޝަރީޢަތް އަވަސްކުރައްވުމަށް ޑރ ޝަހީމް ވަނީ ގޮވާ ލައްވާފައެވެ. 

https://twitter.com/Mohamedshaheem1/status/1279663023058190337

ޑރ ޝަހީމްގެ މި ޓުވިޓާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ ދީދީ ކުރެއްވި ޓުވިޓްގައި ވިދާޅުވީ  ޣައިރު ޤާނޫނީ، އަދި ޢައިރު ދުސްތޫރީ ނިންމުންތަކަކާއެކު އުފެދިފައިވާ ޑިފެކްޓޯ  ޖުޑިޝަލް ސިސްޓަމަކުން ޤާއިމުކުރެވޭނީ އެ އުފެއްދި ބަޔަކު ބޭނުންވާ އިންޞާފެއް ކަމަށެވެ. އޭގެ އިތުރަށް އެއްވެސް އެއްޗެއް ޑރ ދީދީ ވިދާޅުވެފައެއް ނުވެއެވެ. 

https://twitter.com/AABDULLADIDI/status/1279693430696759301

މިދިޔަ އަހަރުގެ ފަހުކޮޅު ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލުޔަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރި ހުކުމް އެމަނިކުފާން ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް ލޮކްޑައުންއާއި ގުޅިގެން އިސްތިއުނާފުގެ އަޑުއެހުން ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ. ނަމަވެސް މި ހަފްތާގެ ބުދަ ދުވަހު މި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމެއް ބޭއްވުމަށް ހައިކޯޓުން މިހާރު ވަނީ ތާވަލްކޮށްފައެވެ. 

މީގެއިތުރުން ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ވަނީ އިތުރު ދެ ދައުވާއެއް އުފުލައި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. އެއީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއާއި މަނީލޯންޑަރ ކުރުމުގެ ދައުވާއެވެ. މި މައްސަލަތަކުގެ ޝަރީޢަތް މިހާތަނަށް ކްރިމިނަލް ކޯޓުގައި ފަށާފައެއް ނުވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: