ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށް ޓެސްޓު ކުރިމީހުންގެ ތެރެއިން 33 މީހަކަށް ބަލި ޖެހިގެން ރިޕޯޓުކޮށްފި

ކޮވިޑަށް ޝައްކުވާ މީހުންގެ ސާމްޕަލް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑަށް ޓެސްޓު ކުރި މީހުންގެ ތެރެއިން 33 މީހަކު ބައްޔަށް ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފިއެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 33 އަށް އެރިއިރު މިއީ ފޭސް ދޭއްގެ ލުއިތަކަށްފަހު ގިނަ ކޭސްތަކެއް ފެނުނު ފުރަތަމަ ދުވަހެވެ. ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 12 ދިވެހިން ހިމެނޭއިރު، އޭގެ ތެރެއިން 18 މީހުން އެއީ ބަންގްލަދޭޝްގެ މީހުންނެވެ. އަދި އަނެއް 03 މީހުންނަކީ އިންޑިއާގެ ރައްޔިތުންނެވެ.

ކޮވިޑާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ކޮވިޑަށް ހާއްސަ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ކޮވިޑު ކޭސްތަކުގެ ތަފްސީލީ މައުލޫމާތައް އެ ވެބްސައިޓު މެދުވެރިކޮށް ލިބޭއިރު ކޮވިޑުގެ ތަފާސް ހިސާބުތައް ފޯރުކޮށް ދޭ ޑޭޝްބޯޑުގައި ވާ ގޮތުން މިހާތަނަށް ބަލީން ރަނގަޅު ވީ މީހުންގެ އަދަދަކީ 2،049 އެވެ.

ރާއްޖޭގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 2،468 އަށް އަރާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ރިޕޯޓުކޮށްފައިވަނީ 404 ކޭސްއެކެވެ. އަދި މިއަދު 33 މީހަކަށް ކޮވިޑު ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ. ރާއްޖޭގައި ކޮވިޑު ޖެހިގެން 11 މީހަކު ވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: