ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗް ކްލަސްޓާ: ހުޅުމާލެ ފިޔަވަތި މުވައްޒަފަކަށް ކޮވިޑު ޖެހި، 21 ކުއްޖަކު އައިސޮލޭޝަންއަށް!

ކޮވިޑަށް ޝައްކުވާ މީހުންގެ ސާމްޕަލް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްގެ ކްލަސްޓާއާއި ގުޅުން ހުރި، ހުޅުމާލޭގެ ކުޑަކުދިންގެ ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެތަނުގައި ތިބި ބައެއް ކުދިންނާއި، ސްޓާފުން އެކަހެރިކޮށްފިއެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި 11 ދުވަސް ވަންދެން ފަރުވާ ދެމުން ދިޔަ އިންޑޮނޭޝިއާ މީހަކަށް ކޮވިޑު ޖެހިފައިވާކަން އެނގުނީ އޭނާ ނިޔާވުމުން ބައްޔަށް ޓެސްޓު ކުރުމަށްފަހުއެވެ. އެ ކޭސްއާއި ގުޅިގެން އައިޖީއެމްއެޗްގެ 40 އަށް ވުރެ ގިނަ ނަރުހުން ބައްޔަށް ޓެސްޓުކުރިއިރު ގިނަ އަދަދެއްގެ ޕޭޝަންޓުން ވެސް ވަނީ ބައްޔަށް ޓެސްޓުކޮށްފައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުގައި ފަރުވާދީ ގެއަށް ދޫކޮށްލި މީހުން ވެސް ހިމެނެއެވެ.

އައިޖީއެމްއެޗްގެ ކްލަސްޓާއާއި ގުޅިގެން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 15 އަށް އަރާފައެވެ. އަދި އޭގެ ތެރެއިން 06 މީހުންނަކީ ތަނުގެ މުވައްޒަފުންނެވެ. އަދި 07 ޕޭޝަންޓަކަށް ބަލި ވަނީ ޖެހިފައެވެ. އަދި ޕޭޝަންޓުންނާއި އެކު އެހީތެރިންގެ ގޮތުގައި ތިބި 02 މީހަކަށް ވެސް ވަނީ ބަލި ޖެހިފައެވެ.

އައިޖީއެމްއެޗްގެ ކްލަސްޓާ ބޮޑުވެދާނެކަމަށް ލަފާ ކުރެވޭއިރު، މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބާރު ސްޕީޑެއްގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ. އަދި ޓްރޭސް ކުރެވޭ މީހުން ވެސް ބައްޔަށް ޓެސްޓު ކުރަމުން ގެންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ހުންނަ، ފިޔަވަތީގައި ބައްޔަށް ޕޮޒިޓިވެފައިވާ މީހާއަކީ އައިޖީއެމްއެޗްގައި ފަރުވާދިން މީހެއްގެ އާއިލާގެ މެމްބަރެކެވެ. މުވައްޒަފު ބައްޔަށް ޓެސްޓުކޮށްފައިވަނީ، ބަލި މީހާވެސް ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެހެން ކަމުން ފިޔަވަތިން ފެނުނު ކޭސްއަކީ އެއީ އައިޖީއެމްއެޗް ކަލްސްޓާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މި ކޭސްއާއި ގުޅިގެން މިހާތަނަށް ތަނުގައި ތިބި 21 ކުއްޖަކު ވަނީ އެކަހެރިކޮށް، އައިސޮލޭޓު ކުރެވިފައެވެ. އަދި 11 މުވައްޒަފު ވެސް ވަނީ އެކަހެރިކޮށްފައެވެ. އަދި މިވަގުތު އެ އެންމެންވެސް އެކަހެރިކޮށްފައިވަނީ ފިޔަވަތީގެ ވަކި ރޫމްތަކެއްގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އައިސޮލޭޓު ކުރި ކުދިންގެ ތެރޭގައި ހިމެނެނީ 06 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: