ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޞާލިހަށާއި، ރައީސް ނަޝީދަށާއި މަޖިލީހުގެ 20 މެންބަރުންނަށް މަރުގެ އިންޒާރެއްދީފި

ރައީސް ޞާލިޙް އަދި ރައީސް ނަޝީދު: ފޮޓޯ: އޭސިއާ ޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށާއި، މަޖިލީހުގެ 20 މެންބަރެއްގެ އިތުރުން، ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު ޢަބްދުﷲ ޖާބިރަށް މަރުގެ އިންޒާރު ދެމުންދާކަމަށް ވިދާޅުވެ ޚުދު ޖާބިރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހޮނިހިރު ދުވަހު ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ”އަޑީ ދަޢުލަތު“ ގެ ބާރު ރާއްޖޭގައި ވަކިހިއްޕާލަމުން އަންނަ ކަމަށާއި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށްޓަކައި ރައީސް ޞާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަޙުޤީޤީ ރިޕޯޓުތަކުން ވެސް ”އަޑީ ދަޢުލަތު“ ގެ ބިރުވެރިކަން ވަޒަންކުރެއްވިފައިވާކަމަށެވެ.

މި ގޮތުން މިހާރު ވެސް ރައީސް ޞާލިޙަށާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި، މަޖިލީހުގެ 20 މެންބަރުންނަށް ”އަޑީ ދަޢުލަތުން“ ދަނީ ލާދީނީ ފިކުރުގެ ބައެއްކަމަށް ބުނެ މަރުގެ އިންޒާރުދެމުންކަމަށާއި، ޚުދު ޖާބިރަށް ވެސް އެ އިންޒާރުތައް ލިބެމުން އަންނަކަމަށް ކުއްލި މައްސަލައިގައި ޖާބިރު ވަނީ ވިދާޅުވެފައެވެ.

https://twitter.com/drpmaldives/status/1281958768155095040?s=20

މީގެ އިތުރުން ޖާބިރު ވިދާޅުވީ، އަނިޔާވެރި ގޮތެއްގައި ޤަތުލުކޮށްލާފައިވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް ޢަލީ
ޤަތުލުކުރުމުގެ ހިތާމަ އަދިވެސް ދިވެހި ރައްޔިތުން ކުރަމުން އަންނަކަމަށެވެ. މި ގޮތުން ރާއްޖޭގެ ޤާނޫނުއަސާސީ ނަގަހައްޓައި، ދިވެހި ދައުލަތް ނޫން އެހެން ދަޢުލަތެއް މި ރާއްޖޭގައި އޮތުމަކީ ޤާނޫނުއަސާސީގެ އަސްލާއި ޚިލާފުކަމަކަށްވާތީ، ރައްޔިތުންގެ ސަލާމަތްތެރިކަމާއި، ރައްކާތެރިކަން ކަށާވަރުކުރުމަކީ ރައްޔިތުން މަޖިލީހުގެ ކޮންމެ މެންބަރެއްގެ ވެސް ޒިންމާއެއްކަމަށެވެ. އަދި މި މައްސަލަ މިހާރުން މިހާރަށް ހައްލުކުރުމަށްޓަކައި، ”އަޑީ ދަޢުލަތަކީ“ ކޮބައިކަން ދެނެގަންނަންޖެހޭކަމަށާއި، އެ ދަޢުލަތުގެ އެޖެންޑާއާއި، އެ ދަޢުލަތުގައި އިސްވެ ހަރަކާތްތެރިވަނީ، ކޮންބައެއްތޯ ބަލަންޖެހޭކަމަށް ވެސް ޖާބިރުވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: