ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭޕްކޮށްފައި އެއްވެސް މީހަކަށް ސަލާމަތް ނުވެވޭނެ: ޕީޖީ ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭޕްކޮށްފައި ނުވަތަ ޖީންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރަކުރުންފަދަ ބޮޑެތި ކުށްތައް ކޮށްފައި ސަލާމަތް ނުވާނެކަން ކޮންމެ މީހަކަށް ވެސް އެނގެންޖެހޭނެކަމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވެފައި މިވަނީ، ދާދި މިދާކަށް ދުވަހު ކުޑަކުއްޖަކު ގުރޫމްކޮށްގެން މާލޭ ގެސްޓު ހައުސްއަކަށް އެ ކުއްޖާ ގެންގޮސް ޖިންސީ ގޯނާކުރި މައްސަލައިގައި ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓައި އޭނާގެ މައްޗަށް އުފުލި 03 ދަޢުވާއާއި ގުޅޭ ތަފްސީލުތައް ހާމަކޮށް ޕީޖީ އޮފީހުން ކުރި ޓްވީޓް ރީޓްވީޓް ކުރައްވަމުންނެވެ.

މި ގޮތުން ޝަމީމް ވިދާޅުވީ މާ ގިނަ ވާހަކަ ނުދައްކަވާ އެހެނަސް ވާހަކަދައްކަވަމުން މިކަންތައްތައް އަމާނާތްތެރިކަމާއި، އިޚުލާސްތެރިކަމާއެކު ކުރެވޭތޯ އެބަ މަސައްކަތްކުރައްވާކަމަށެވެ. އަދި އެ ފަދަ ކުށްތައް ކޮށްފައި ސަލާމަތްނުވާނެކަން އެނގެންޖެހޭނެކަމަށް ވެސް ޕީޖީ ވަނީ ވިދާޅުވެފައެވެ.

https://twitter.com/HuShameem/status/1281942171189276672?s=20

ޢުމުރުން އެންމެ 11 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި މި ހުސްވި ޖޫންމަހުގެ 12 ވަނަ ދުވަހު 22:13 ހާއިރު ހައްޔަރުކޮށްފައިވާ ހއ.ބާރަށް ސިލްސިލާގޭ އަނީސް ހިލްމީ މައްޗަށް ދަޢުލަތުން ތިން ދަޢުވާއެއް ވަނީ އުފުލާފައެވެ. މި ގޮތުން އަނީސް ޙިލްމީގެ މައްޗަށް ވަނީ، ޖިންސީ ނިޔަތެއް އިވެގެން ކުޑަކުއްޖާގެ ހަށިގަނަޑުގައި އަތްލުމުގެ ކުށުގެ ދަޢުވާއާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި ގްރޫމްކުރުމާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: