ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އޯގަސްޓު 07 އަށް

މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުނުފަހުން ރާއްޖޭގައި އެންމެ ފުރަތަމަ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ، މިދިޔަ މާޗުމަހުގެ 12 ވަނަ ދުވަހުގައެވެ. މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ސޮއިކުރައްވައި، އަންގާރަދުވަހުގެރޭ ނެރުނު ޤަރާރުގައި ވިދާޅުވީ، ނަމަވެސް ކުރިން އިޢުލާނުކޮށްފައިވާ މުއްދަތު އިތުރުވުމާ ގުޅިގެންނާއި، އަދިވެސް ފުޅާދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އެބައޮތްކަމަށާއި، އެ ނުރައްކާ ކުޑަކޮށް ޢާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާކަމަށެވެ. މި ގޮތުން މިހާރު އިޢުލާނުކޮށްފައިވާ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ އޯގަސްޓުމަހުގެ 07 ވަނަ ދުވަހާއި ހަމައަށް ދެމެހެއްޓުމަށް ނިންމާފައިވާކަމަށް ވެސް ޤަރާރުގައިވެއެވެ.

މި ދުވަސްވަރުދަނީ ކޮވިޑް-19 އިގެ ޕޮޒިޓިވް ކޭސްތައް އިތުރުވަމުންނެވެ. އެޗްޕީއޭއިން ހާމަކުރިގޮތުގައި ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދަނީ، ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމާއި، ޕާޓީތަކާއި، ހަފްލާތަކާއި، ޖަލްސާތަކާއި އެހެނިހެން އެއްވުންތައް ބޭއްވުމުގެ ސަބަބުންނެވެ. މި ބަލީގެ ނުރައްކާތެރިކަން އިތުރުވެފައިވާއިރު، ރާއްޖެއިން މިހާތަނަށް 2،801 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: