ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަނީ ޤާނޫނޫގެދަށުން ރައްޔިތުންނަށް ލިބިދޭ ޙައްޤު ހަނިކުރަމުންދާ މަންޒަރު: އެމްއާރްއެމް

އެމްއެމްއާރްގެ އިންތިޤާލީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް. ފޮޓޯ: އެމްއާރްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނިގެންދަނީ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤެއް ހަނިކުރެވިގެންދާ މަންޒަރުކަމަށް ބުނެ މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރްއެމް) އިން ރައްޔިތުންގެ މަޖިލީހަށް ފާޑުކިޔުންތައް އަމާޒުކޮށްފިއެވެ.

އެމްއާރްއެމް އިން މަޖިލީހަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ އަށް 2016 ވަނަ އަހަރު ގެނެވުނު އިސްލާހު ބާތިލުކޮށްފައިނުވާތީއެވެ. މި ގޮތުން އެމްއާރްއެމްއިން ބުރާސްފަތިދުވަހުގެރޭ ޢާންމުކުރި ބަޔާނެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނު އަށް ރައީސް ޔާމިނުގެ ސަރުކާރުގައި ގެނެވުނު އިސްލާހަކީ އެމްއާރްއެމްއިން ގަބޫލުކުރާ އުސޫލުތަކާ ޚިލާފު އަދި ޤާނޫނު އަސާސީއާއި ތަޢާރުޒުވާ އިސްލާހެއްކަމަށާއި

މި ގޮތުން އެކަމާ ދެކޮޅަށް އޭރު ވެސް ފާޅުގައި ވަކާލާތު ކޮށްފައިވާނެކަމަށާއި އޭރު މިކަމާ ދެކޮޅަށް ތެދުވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރެއްގެ ގޮނޑިތައް ގެއްލިގެން ދިޔަ ދިޔުމަކީ ވެސް ރައްޔިތުން ދަންނަ ހަޤީޤަތެއްކަމަށް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއާރްއެމްގެ ބަޔާނުގައި ވަނީ ޤާނޫނުއަސާސީގެ ރޫހާއި ޚިލާފަށް ރައީސް ޔާމިނުގެ ސަރުކާރުން ގެނައި ބަދަލުތައް މުރާޖާޢާކޮށް، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށާއި ޤާނޫނުއަސާސީއަށް އޭރުގެ ސަރުކާރުން ގެންނެވި ބަދަލުތައް އިސްލާހު ކުރުމަށް މިހާރު ވެރިކަމުގައި ތިބި ފަރާތްތަކުން އެއްބަސްވެފައިވާކަމަށް ބުނެފައެވެ. މި ގޮތުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ގެނެވުނު 1 ވަނަ އިސްލާހު އުވާލާއި، އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ހޯދައިދިނުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ވެސް އެއްބަސްވެފައިވާކަމަށެވެ.

ނަަމަވެސް މި ސަރުކާރުގެ ހޯމް މިނިސްޓްރީން ވަނީ އެއްވެއުޅުން ހަނިކުރަން މަސައްކަތްކޮށްފައިކަމަށް ވެސް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ގޮތަށް މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބިގެން މި ދަނީ، ޤާނޫނުތައް ހެދުމާއި، ޤާނޫނުތައް އިސްލާހުކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ފަރާތްތަކަށް އެދެވޭގޮތެއްގައި އެ ޒިންމާ އަދާކުރެވިފައި ނުވާތީ ކަމަށް ރައްޔިތުން މިއަދު ޤަބޫލުކުރާނެކަމަށް ވެސް ބުނެފައިވެއެވެ.

https://twitter.com/HomeMinistrymv/status/1282928166236041221?s=19

ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުނުކަމަށް ވާނީ ރައްޔިތުންނާއި ގުޅުންހުރި ޤާނޫނުތައް ބަދަލުކުރެވި، ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރެވި، ޤާނޫނުއަސާސީން ރައްޔިތުންނަށް އިންސާފު ލިބުމުންކަމަށް ވެސް އެމްއެމްއާރްއެމްއިން ބުނެފައިވެއެވެ. މި ގޮތުން ރައްޔިތުންނަށް ވެފައިވާ ވަޢުދާއި އެއްގޮތަށް ޤާނޫނުތައް އިސްލާހު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ޤާނޫނުތައް އަވަހަށް އިސްލާހުކޮށްދެއްވުމަށް އެދި އެމްއާރްއެމްއިން ވަނީ ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: