އައްޑޫ ސިޓީގައި ތިބި ބަންގްލަދޭޝްގެ 135 މީހަކު ޤަައުމަށް ފޮނުވާލައިފިއެވެ.
އަައްޑު ސިޓީން ބަންގްލަދޭޝްއަށް މިއަދު ފުރާފައިވަނީ، ރާއްޖޭގައި އެކިއެކި މަސައްކަތްތައް ކުރަމުންދާ އެ ޤައުމުގެ ރައްޔިތުންގެތެރެއިން އެނބުރި ޤައުމަށްދާން ބޭނުންވެފައިވާ މީހުންނެވެ. މޯލްޑިވިއަނުން މިއަދު ބުނީ، މިއީ އައްޑޫ ސިޓީން މި ގޮތަށް ބިދޭސީން ޤައުމަށް ފޮނުވައިލި ފުރަތަމަފަހަރުކަމަށާއި، އެ މީހުން ފުރުވާލައިފައިވަނީ މިއަދު މެންދުރުކުރީގައިކަމަށެވެ. އަދި އެ މީހުން ފުރާފައިވާ ފްލައިޓް ދަތުރުކުރާނީގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށްކަމަށް ވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ. މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝްގެ ޑާކާއާއި ދެމެދު 21 ރިޕެޓްރިއޭޝަން ފްލައިޓް ވަނީ ބާއްވާފައެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުން ީގެ ކުރިން ޗާޓަރުކުރި ބަންގްލަދޭޝްގެ ބިމާން އެއަރވޭސްގެ ފްލައިޓެއްގެ އިތުރުން، އެ ޤައުމުގެ އަސްކަރީ 02 ފްލައިޓެއް ވެސް ވަނީ، ރާއްޖޭގައި ތިބި އެ ޤައުމުގެ ރައްޔިތުން ޤައުމަށް ގެންގޮސްފައެވެ. ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި، ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުންނާއި، ޤަވާއިދަށްއުޅޭ މީހުންގެގެތެރެއިން، 3،700 އަށް ވުރެ ގިނަ މީހުން ވަނީ އެ ފްލައިޓުތަކުން ޤައުމަށް ފޮނުވައިލާފައެވެ.
https://twitter.com/MaldivianAero/status/1284012686489968641?s=20
އިިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވި ގޮތުގައި ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މީހުންގެތެރެއިން، 95 އިންސައްތަ މީހުންނަކީ، ޤަވާއިދާއި ޚިލާފަށް އުޅޭ މީހުންނެވެ. މީގެ އިތުރުން މިނިސްޓަރ ފައްޔާޒް ވަނީ،މި އަހަރު ނިމުގެ ކުރިން ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝްގެ މީހުންގެތެރެއިން، 20،000 މީހުން އަނބުރާ ޤައުމަށް ފޮނުވާލުމަކީ ސަރުކާރުގެ އަމާޒުތަކުގެތެރެއިން އަމާޒެއްކަމަށް ވެސް ވިދާޅުވެފައެވެ.

