ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ. މާވަށު ބަނދަރު ހެދުމުގެ މަޝްރޫޢުގެ %37 މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ލ. މާވަށު ބަނދަރު ހެދުމުގެ މަޝްރޫޢުގެތެރެއިން. ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. މާވަށު ބަނދަރު ހެދުމުގެ މަޝްރޫޢުގެ 37 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މާވަށު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް އެމްޓީސީސީން ފަށާފައިވަނީ، ވޭތުވެދިޔަ އޭޕްރީލްމަހުގެ 07 ވަނަ ދުވަހުއެވެ.

މި މަޝްރޫޢު ކުރިއަށް ގޮސަފައިވާ މިންވަރާބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މާވަށު ބަނދަރު ހެދުމުގެ މަޝްރޫޢުގެދަށުން ކުރިން ހަދާފައިވާ ބަނދަރާއި، ނެރުގެ މެއިންޓަނަންސް މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މީގެ އިތުރުން، މި މަހުގެ 15 ވަނަދުވަހުގައި، ކީ ވޯލް ޖެހުމަށް ބޭނުންވާ ބްލޮކްސް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާކަމަށް ވެސް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ، މި މަޝްރޫޢަށް 27.3 މިލިއަން ރުފިޔާ ހޭދަވާނެކަމަށް އެމްޓީސީސީން ބުނެއެވެ.

މާވަށު ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީން ހަލުވިކަމާއެކު ކުރިއަށްގެންދާއިރު، އެ ކުންފުނިން ވަނީ ބ.ފެހެންދޫގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ 43 އިންސައްތަ މަސައްކަތް ވެސް ނިންމައިލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: