ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޒާހާތްތެރިކަމާ ފުށުއަރާ އެއްވެސް ޢަމަލަކީ އަޅުގަނޑު އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން – ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް

ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް: ފޮޓޯ ކަސްޓަމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނަޒާހާތްތެރިކަމާ ފުށުއަރާ އެއްވެސް ޢަމަލަކީ އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ކަމެއް ނޫންކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅެވެއްޖެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މިހެން ވިދާޅުވީ ކަސްޓަމްސްގެ 130 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިޠާބުގައެވެ. އެގޮތުން ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކު، ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުންމަތީ ދެމިތިބުމަށް،ކަސްޓަމްސްގެ އެންމެހައި މުވައްޒަފުންނަށް، އެމަނިކުފާނުވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމިޝަނަރ ޖެނެރަލް ފޮނުއްވި ޚިޠާބުގައި އެ މަނިކުފާނުވަނީ، ކަސްޓަމްސް އަހަރީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށާއި، ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙުމަދު ދީދީ އަދި ކަސްޓަމްސްގެ އެންމެހައި މުވައްޒަފުންނަށާއި މުވައްޒަފުންގެ ލޮބުވެތި ޢާއިލާތަކަށް ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

މި ޚިޠާބުގައި، ކޯވިޑް-19 އާ ގުޅިގެން ފެތުރިފައިވާ ބިރުވެރިކަމާ އެކުވެސް ދިވެހިރާއްޖޭގެ ދޮރޯށި ބެލެހެއްޓުމުގައި ކަސްޓަމްސް އޮފިސަރުން ސާބިތުކަމާއެކު ފަސްޖެހުމެއްނެތި ކުރައްވަމުން ގެންދަވާ ހިތްވަރުގަދަ ޚިދުމަތްތައް ފާހަގަކުރައްވައި، އެކަންކަމުގައި ބައިވެރިވެވަޑައިގެންނެވި އޮފިސަރުންނަށް އެމަނިކުފާނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، ކަސްޓަމްސްގެ 130 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަސްޓަމްސް ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި، ކޯވިޑް-19 އާ ގުޅިގެން އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ވެސް ކަސްޓަމްސްގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ޢާއިލާތަކާވަކިން، އެކަހެރިވެ ތިބެ މަސައްކަތްކުރެއްވި އޮފިސަރުންނަށާއި، ގޭގައި ތިއްބަވައިގެން މަސައްކަތްކުރެއްވި އޮފިސަރުންނަށާއި، ރާއްޖެއަށް އަންނަ އަދި ފުރާ ފަސިންޖަރުން ބަލައި ފާސްކުރުމުގެ މަސައްކަތްކުރެއްވި އޮފިސަރުން އަދި ވޮލަންޓިއަރުންގެ ގޮތުގައި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތަކުގައި ޙަރަކާތްތެރިވި ކަސްޓަމްސްގެ އޮފިސަރުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި އެ އޮފިސަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލުކުރެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: