ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރު: ޑރ.ޝަހީދު

ޑރ.އަޙްމަދު ޝަހީދު. ފޮޓޯ: އާފަތިސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ޓެސްޓުކުރުމަށްޓަކައި، ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރުވެފައިވާކަމަށް ކޮވިޑް-19 އިގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕޫން ހާމަކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ ހެލްތު އިމަރޖެންސީ އޮޕްރޭސަންޝް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ، ފާއިތުވެގެންދިޔަ ހަފްތާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތަކުން، ޕޮޒިޓިވް ކޭސްތައް ފެންނަ އަދަދު މައްޗަށް ގޮސްފައިވާކަމަށް ފާހަގަކުރެއްވޭކަމަށެވެ. މި ގޮތުން ކުރީ ހަފްތާތަކާއި އަޅާބަލާއިރު، ފްލޫގެ ނިޝާންތައް ހުރެގެން، ކްލިނިކްތަކަށް ދައްކައިގެން ޓެސްޓުކުރާ ސާމްޕަލްތަކުގެތެރެއިން، ޢާންމުގޮތެއްގައި ޕޮޒިޓިވްވާ ރޭޓު މީގެ ކުރީ ހަފްތާތަކުގައި އުޅެނީ 5 އިންސައްތައިގައި ކަމަށެވެ.

ނަމަވެސް ހުސްވި ހަފްތާގައި، މި ޢަދަދު މައްޗަށް ގޮސްފައިވާކަމަށާއި، މިހާރު އެ ޢަދަދު ހުރީ 9 އިންސައްތައިގައިކަމަށް ވެސް، ޑރ.ޝަހީދު ވިދާޅުވިއެވެ. މީގެ އިތުރުން ފްލޫގެ ނިޝާންތަކާއެކުގަ، ފްލޫ ކްލިނިކްތަކަށް ޑޮކްޓަރަށް ދައްކަންދާ މީހުންގެ ޢަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނަކަމަށް ފާހަގަކުރެއްވޭކަމަށް ވެސް ޑރ .ޝަހީދު ވިދާޅުވިއެވެ.

https://twitter.com/HPA_MV/status/1284549296784719873?s=20″ނިމިގެންދިޔަ ހަފްތާގެ ސްޓެޓިސްޓިކްތަކަށް ބަލާލައިފިއްޔާ އަޅުގަނޑުމެންނަށް ފާހަގަ އެބަ ކުރެވޭ، ފްލޫ ކްލިނިކްސްތައް، ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތަކުން، ޕޮޒިޓިވްސް ފެންނަ އަދަދު މިވަނީ، މައްޗަށް ގޮސްފަ، ކުރީގެ ހަފްތާތަކާ އަޅާ ބަލާ ޢާންމުކޮށް މި ފްލޫގެ ނިޝާންތަކުގަ، ފްލޫ ކްލިނިކްތަކަށް ދައްކައިގެން ޓެސްޓުކުރާ ސާމްޕަލްތަކުގެތެރެއިން، ޢާންމުކޮށް ޕޮޒިޓިވްވީ ރޭޓު މީގެ ކުރީ ހަފްތާކުގަ މިއުޅެނީ އެވްރެޖްކޮށް ބަލާއިރު، %5 ވަރު. އެކަމު ނިމިގެންދިޔަ ހަފުތާގަ މިޢަދަދު މިވަނީ މައްޗަށް ގޮސްފަ %9 އަށް. ދެން މި ގްރާފުން އަދި ފެންނަން ނެތްކަމުގަވިޔަސް، އަޅުގަނޑުމެންނަށް ވޭތުވެދިޔަ ހަފުތާގަ ފާހަގަކުރެވުނު، ފްލޫ ކްލިނިކްތަކަށް ފްލޫގެ ނިޝާންތަކާއެކުގަ ދައްކަންދާ މީހުންގެ އަދަދު ވެސް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާކަމަށް ފާހަގަކުރެވިފަ އޮތީ“ ޑރ.ޝަހީދު

ބުރާސްފަތި ދުވަހުގެރޭގެ ބައްދަލުވުމުގައި، ޑރ.ޝަހީދު ވަނީ ޑަބްލިންގް ޓައިމަށް ވެސް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައެވެ. ޑަބްލިންގް ޓައިމް ކުރުވާވަރަކަށް، އެޕިޑަމިކް ފެތުރެމުންދާ މިންވަރު ހަލުވިކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ. މި ގޮތުން މީގެ 03 ހަފުތާ ކުރިއާއި އަޅާބަލާއިރު ޑަބްލިންޓައިމް އަންނަނީ ކުރުވަމުންކަމަށް ވެސް ޑރ.ޝަހީދު ވިދާޅުވިއެވެ.

 

”ދެން އަޅުގަނޑުމެން މި ބަލާލަނީ ޑަބްލިންގް ޓައިމަށް. ޑަބްލިންގް ޓައިމުން މި ދޭހަކޮށްދޭ އެއްޗަކީ، ޑަބްލިންގް ޓައިމްގަ މި ބަލާ އެއްޗަކީ، ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު ދެ ގުނައަށް އިތުރުވާން ނަގަނީ ކިހާ ދުވަހެއްތޯ. އޭގެ މާނައަކީ ޑަބްލިންގް ޓައިމް ކުރުވާވަރަކަށް، އެ މުއްދަތު ކުރުވާވަރަކަށް އޭގެ މާނައަކީ އެޕިޑަމިކް ބަލި ފެތުރެމުންދާ އަވަސްކަމަށް އަސްލު. އެހެންވީމަ ޑަބްލިންގް ޓައިމް ކުރުވާވަރަކަށް އޭގެ މާނައަކީ، ބަލި ކުރިއަށްވުރެ ހަލުވިކަމާއެކު ފތުރެއޭ. އެހެންވީމަ މި ގްރާފަށް ބަލާލައިފިއްޔާމުން މީގެ ތިން ހަފުތާ ކުރިއާ އަޅާބަލާ ހަމަ ޑަބްލިން ޓައިމް މި އަންނަނީ ކުރުވަމުން. އެހެެންވީމަ 116 ދުވަސް މީގެ ތިން ހަފްތާ ކުރިޔަށް ބަލާލާފިއްޔާމުން ޑަބްލިންގް ޓައިމް މިހާރު މި އޮތީ 39 ދުވަހަށް. އެހެންވީމަ ޑަބްލިންގް ޓައިމް ކުރުވަމުން އަންނަކަމަށްވަންޏާ މީގެ މާނައަކީ، އެޕިޑަމިކް ފެތުރޭލެއް އަވަހޭ އަސްލު ކޮމިއުނިޓީތެރޭގަ“ ޑރ.ޝަހީދުhttps://twitter.com/HPA_MV/status/1284549307836686336?s=20

ޑރ.ޝަހީދު ވިދާޅުވިފަދައިން ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ ރާއްޖެއިން މިހާރު މިވަނީ، 2،930 މީހުންނަށް މިބަލިޖެހިފައެވެ. ވޭތުވެދިޔަ އަށެއްކަ ދުވަހަށް ބަލާއިރު، މި މަހުގެ 09 ވަނަ ދުވަހުގައި 36 ކޭސް ފެނިފައިވެއެވެ. 10 ވަނަ ދުވަހުގައި 64 ކޭސް ފެނިފައިވާއިރު، 11 ވަނަ ދުވަހުގައި 47 ކޭސް ފެނިފައިވެއެވެ. އަނެއްކާވެސް އަދަދު މައްޗަށް ޖެހިލައި، 12 ވަނަ ދުވަހު ވަނީ 67 ކޭސް ފެނިފައެވެ. އެއަށްފަހު 13 ވަނަ ދުވަހުގައި، 31 ކޭސް ފެންމަތިވެ، 14 ވަނަ ދުވަހުގައި އެ ޢަދަދު 39 އަށް އަރާފައިވެއެވެ. މީގެ އިތުރުން 15 ވަނަ ދުވަހުގައި 30 މީހަކު ޕޮޒިޓިވްވެ 16 ވަނަ ދުވަހުވަނީ ޕޮޒިޓިވް ކޭސްތައް އޭގެ ދެގުނައަށްވުރެ މައްޗަށް ޖެހިލާފައެވެ. މި ގޮތުން ބަލާއިރު 16 ވަނަ ދުވަހުގައި 68 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ހަމައެއާއެކު 17 ވަނަ ދުވަހުގައި 14 މީހަކު ޕޮޒިޓިވްވެފައިވާއިރު، 18 ވަނަ ދުވަހު 17 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: