އެއްވެސް ކްލަސްޓަރއަކާ ގުޅުމެއް ނެތް ކޮވިޑް ޕޮޒިޓިވް ކޭސްތައް ގިނަވަމުން އަންނަކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑރ.އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެރޭ ހެލްތު އިމަރޖެންސީ އޮޕަރޭސަންޝް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ، އެއްވެސް ކްލަސްޓަރއަކާ ގުޅުމެއް ފާހަގަކުރެވިފަނުވާ ކޭސެސްތަކުގެ ޕަސެންޓޭޖް މިހާރު މައްޗަށް ގޮސްފައިވާކަމަށެވެ. މި ގޮތުން ފުރަބަންދަށް ލުއިދިން ހަފްތާއިން ފެށިގެން މިފަދަ ކޭސްތައް އިތުރުވެފައިވާކަމަށް ވެސް ޑރ.ޝަހީދު ވިދާޅުވިއެވެ. ނަމަވެސް މީގެ ތިން ހަފުތާ ކުރިއާ އަޅަ ބަލާއިރު، ކްލަސްޓަރއަކާ ގުޅުންނެތް ކޭސްތައް މަދުކަން ފާހަގަކުރެއްވޭކަމަށާއި، މި ގޮތުން %40 އިން %30 އަށް މަދުވެފައިވާކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ. ނަމަވެސް %40 އިން %30 އިންސައްތައަށް މަދުވިޔަސް، އެފަދަ ކޭސްތަކުގެ ޢަދަދު މިހާރު މިހުރީ މަތީގައިކަމަށް ވެސް ޑރ.ޝަހީދު ފާހަގަކުރެއްވިއެވެ.
”އަންލިންކްޑް ކޭސްތަކަކީ ޕޮޒިޓިވްވާ މީހުންގެތެރެއިން، އެއްވެސް ކްލަސްޓަރއަކަށް ނިސްބަތްނުވާ، އެއްވެސް ކްލަސްޓަރއަކާ ލިންކްނުވެ، އެއްވެސް ކްލަސްޓަރއަކާ ގުޅުމެއް ފާހަގަކުރެވިފަނުވާ ކޭސެސްތައް. ނުވަތަ އެ ގުޅުމެއް ހޯދިފަނުވާ ކޭސެސްތައް. އެހެންވީމަ އަންލިންކްޑް ކޭސެސްވެސް މީގެ ޕަސެންޓޭޖްވެސް މަތީގަ މިހުރީ. ތިން ހަފުތާކުރީގަ މި އީޒް ޕީރިއަޑް ފެށުނުއިރާ އަޅާ، ފެށުނުއިރުއްސުރެ ފަށައިގެން މި ޓްރެންޑް ކޮމްޕެއާކޮށްލާކަމަށްވަންޏާ މަޑުމަޑުން އަންލިންކްޑް ކޭސްތައް އީޒް ނުވަތަ ފުރަބަންދަށް ލުއިދިން ހަފުތާއިން ފަށައިގެން މަޑުމަޑުން އަންލިންކްޑް ކޭސްތައް މައްޗަށްދާކަމަށް ފާހަގަކުރެވިފަ މިހިރީ، އެކަމު މީގެ ތިންހަފްތާ ކުރިއާ އަޅާ ބަލާ ކުޑަކޮށް، އަންލިންކްޑް ކޭސެސްތައް މަދުވެއްޖެ. %40 އިން %30 އަށް، އެކަމަކުވެސް އަންލިންކްޑް ކޭސްތަކުގެ އަދަދު މިހުރީ ފުދޭވަރަކަށް މަތީގަ.“ ޑރ.ޝަހީދުhttps://twitter.com/HPA_MV/status/1284549314287554560?s=20
ޑރ.ޝަހީދު ވިދާޅުވި ގޮތުގައި އެވްރެޖްގޮތެއްގައި އަންލިންކްޑް ކޭސްތައް ނުވަތަ އެއްވެސް ކްލަސްޓަރއަކާ ގުޅުމެއްނެތް ކޭސްތައްވަނީ އިތުރުވެފައެވެ. އަދި ފްލޫ ކްލިނިކްތަކުން ފެންން ޕޮޒިޓިވް ކޭސްތައް އިތުރުވެފައިވާކަމަށާއި، ވޭތުވެދިޔަ ތަނާ ބަލާފައި، ހޮސްޕިޓަލުގައި އެޑްމިޓްވެފައިވާ މިންވަރު ވެސް އިތުރުވެފައިވާކަމަށެވެ. މި ކަންތައްތަކަށް ބަލާފައި، ކޮންމެ ހަފުތާއެއްގައި ވެސް ޓޯޓަލް ސްކޯރއެއްދޭކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ. އަދި އެ ޓޯޓަލް ސްކޯރއިން ދޭހަކޮށްދެނީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށް ދެވިދާނެކަމަށެވެ. އަދި އެޕިޑަމިކް ޓްރެންޑްސް ހުރިގޮތަށް ބަލާލައިފިއްޔާ ވަރަށްގާތުން، ވަރަށްގާތުން އެޕިޑަމިކް މޮނިޓަރކުރަންޖެހޭކަމަށް ވެސް ޑރ.ޝަހީދު ވިދާޅުވިއެވެ. މި ގޮތުން ކުރިއަށް އޮތް ހަފުތާތަކުގަ ޢަދަދުތައް އިތުރުވަމުންދާނަމަ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރަން ޖެހޭނެކަމަށް ވެސް ޑރ.ޝަހީދުވަނީ ވިދާޅުވެފައެވެ.
”ދެން އަޅުގަނޑުމެން ބަލާލާނަން އޮކިއުޕައިޑް ހޮސްޕިޓަލް ބެޑްސް. މި ގްރާފުން ފެންނަ ގޮތުން މިދިޔަ ހަފްތާގަ މީހުންހޮސްޕިޓަލުގަ އެޑްމިޓްވެފަވާ އަދަދު ވެސް މިވަނީ މައްޗަށް ގޮސްފަ. އޭގެ ކުރީ ހަފްތާތަކާއަޅާ ބަލާ ފުދޭވަރަކަށް މި ސިގްނިފިކޭންޓްލީ އަދަދު މިވަނީ މައްޗަށް ގޮސްފަ. ދެން އަޅުގަނޑުމެން މި އީޒްގެ ނުވަތަ ދީފަވާ ލުއިތައް ކުރިައަށްގެންދިއުމުގަ މިބަލާ ކަންތައްތަކަކީ މި ބުނެވިދިޔަ ކަންތައްތައް. ދެން މި ކަންތައްތަކަށް ބަލާފަ ކޮންމެ ހަފްތާއެއްގަވެސް ސްކޯރއެއްދޭ. ޓޯޓަލް ސްކޯރ. އެ ޓޯޓަލް ސްކޯރއަށް ބަލާލައިފިއްޔާމުން އަދިވެސް މި އެޕިޑަމިކް ހާލަތު ހުރިގޮތުން، ހުރިގޮތް ބަލާފަ އަދިވެސް، ހަމަ މިހާރު ދެވިފަވާ ލުއިތަކާއެކުގަ އެކަމަކުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިއަށް ގެންދިއުމާއެކުގަ ކުރިއަށް ދެވިދާނޭ މީގެންދޭހަކޮށްދެނީ، ދެްން މި އެޕިޑަމިކް ޓްރެންޑްސް ހުރިގޮތަށް ބަލާލައިފިއްޔާ ހަމަ ވަރަށްގާތުން، އެޕިޑަމިކް އެބަޖެހޭ އަޅުގަނޑުމެން ވަރަށްގާތުން މޮނިޓަރކުރަން. އެހެންވީމަ ކުރިއަށް އޮތް ހަފްތާތަކުގަ މި އަދުތައް އިތުރަށް ގޯސްވަމުންދާކަމަށްވަންޏާމުން އަޅާފަހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރަން ޖެހޭނެ އަޅުގަނޑުމެން. އެހެންވީމަ މިދިޔަ ހަފްތާނިމުނުއިރުގަ އަދަދުތަކާ ޓޯޓަލް ސްކޯރ ހުރިގޮތަށްބަލާފަ، އީޒް ނުވަތަ ދެވިފަވާ ލުއިތައް ރައްކާތެރިގަ އަދި އެ ގޮތަށް ކުރިއަށް ގެންދާގޮތަށް ނިމިފަވަނީ.“ ޑރ.ޝަހީދުhttps://twitter.com/HPA_MV/status/1284549322218979328?s=20
ކޮވިޑް-19 އިގެ ނުރައްކާތެރިކަން އިތުރުވެ ރާއްޖެއިން މި ބައްޔަށް މިހާރު 2،930 މީހުން ޕޮޒިޓިވްވެފައިވާއިރު، ރަނގަޅުވެފައިވަނީ 2،354 މީހެކެވެ. އަދި 546 މީހަކަށް ފަރުވާދެމުންދާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި މިހާރުވެސް 433 މީހަކު އެބަތިއްބެވެ. މީގެ އިތުރުން ކަރަންޓީނު ފެސިލިޓީތަކުގައި، 21 މީހުން ތިބިކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
https://twitter.com/HPA_MV/status/1284535355807588353?s=20

