ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީން މައްސަލަ ބަލަން ފަށާ އަދީބުގެ ދައުވާތައް ބާތިލު ކުރި ގާޒީއަށް ދެ މަހުގެ ސަސްޕެންޝަންއެއް!

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ދެ މަސް ދުވަހަށް ސަސްޕެންޑު ކުރީ، އަދީބަށް އުފުލާފައިވާ ދައުވާތައް ބާތިލު ކުރި މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ހިޔާނާތުގެ މައްސަލައިގައި އުފުލާފައިވާ ހަތް ދައުވާ ބާތިލުކުރި ކްރިމިނަލް ކޯޓުގެ ގާޒީ ދެ މަސް ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.

އަދީބުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދެވެ. އަދީބުގެ މައްޗަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ހަތް ދައުވާއެއް އުފުލިއިރު އެ ދައުވާތައް ކުރިޔަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އަދި އަދީބު ވަނީ ކޯޓުގެ އެ ނިންމުމާއި އެކު މިނިވަންވެފައެވެ. ޕްރޮސެކިއުޓާރ ޖެނެލަރް އިން ވެސް މި މައްސަލަތައް އިސްތިއުނާފުކޮށްފައިވާއިރު، ކުރިޔަށް އޮތް ތަނުގައި އަދީބުގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލާނެކަމަށް ބެލެވެއެވެ.

ގާޒީ އިސްމާއިލް ރަޝީދު ސަސްޕެންޑުކޮށް ޖުޑިޝަލް ސާވިސް ކޮމިޝަނުން އާއްމު ކުރި ބަޔާނުގައި ބުނެފައިވަނީ، އޭނާ ސަސްޕެންޑުކޮށްފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ޚިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ. އަދި އިސްމާއިލް ރަޝީދު ސަސްޕެންޑުކޮށްފައިވަނީ މައްސަލައިގެ ބާވަތަށާއި އެ މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެއްކަށާއި އެ މައްސަލަ ތަހުގީގު ކުރާއިރު އޭނާ ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަހުގީގު ކުރުމަށް އެޅިދާނެ ހުރަހަށާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް ބަޔާނުގައި ވެއެވެ.

އަދީބު މިނިވަންވުމާއި އެކު ސޯޝަލް މީޑިއާ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، ނޫސްވެރިންގެ ކުއްލި ބައްދަލުވުމެއް ބާއްވާ ޕީޖީ ޝަމީމް ވިދާޅުވީ އަދީބުގެ މައްސަލައާއި މެދު ކްރިމިނަލް ކޯޓުގެ ނިންމުމާއި ދޭތެރޭ ޝައްކު އުފެދޭ އަދި ސުވާލު އުފެދޭ ކަންތަކެއް އެބަހުރިކަމަށެވެ. އަދީބުގެ ދައުވާތައް ބާތިލު ކުރުމުގައި ޝައްކު ކުރެވޭ ކަންތަކެއް ހުރުމުން އެ މައްސަލަ ބަލައިދިނުމަށް އެދި ޖޭއެސްސީއަށް ހުށަހެޅީ ޕީޖީއިންނެވެ.

މިއީ އެއްވެސް ހަމަޖެހޭ ކަންތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ވިދާޅުވެ ޝަމީމް ވަނީ ގާޒީ އިސްމާއީލް ރަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި މައްސަލައިގައި ޝަމީމް ވިދާޅުވީ، ފަނޑިޔާރަކު މައްސަލައެއް ކުރިޔަށް ގެންދާއިރު އޭގައި ”ހެއްވާ ގޮތަކަށް“ އެ ފަރާތަކުން އަމަލު ކުރާކަމަށް ގަބޫލު ކުރެވޭނަމަ އެކަން ބަލައިދިނުމަށް ޖޭއެސްސީއަށް ހުށަހެޅޭނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ، މައްސަލަ ނިންމުމުގައި އެއްވެސް ގޯހެއް އުޅޭތޯ ނިންމާނީ ޕީޖީން ނޫން ކަމަށެވެ. އެހެން ނަމަވެސް ބެލެނިވެރި ފަރާތެއް ނުވަތަ ކަންކަން ހިނގާގޮތް ބަލާ ތަނެއް އޮންނައިރު އެތަނަކުން މައްސަކައެއް ކުރިޔަށް ގެންދާނެ ކަމަށެވެ. އެހެން ކަމުން އެއީ ކޮންމެ ފަނޑިޔާރެއްގެ މައްސަލައަކަސް ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށާއި، ގޯހެއް ވާނަމަ އެކަމާއި މެދު ގޯހެއް ނިންމާނީ ވެސް އެ ކޮމިޝަނުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ގޮތުގައި، އަދީބުގެ މައްސަލަ ބޭރުކޮށްލީ ގާނޫނުން ބޭރުންނެވެ. މިއަދުގެ އަޑުއެހުން ނިމިގެންދިޔައިރު އަދީބު ވެސް އަދި ދައުލަތުން ވެސް އިތުރު ކަމަކަށް އެދިފައި ނެތްކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ އަދީބު މިނިވަންކޮށްފައިވަނީ ގާނޫނީ ގޮތުން ހަމަޖެހޭ އުސޫލަކުން ނޫން ކަމަށާއި، މިއީ އެއްވެސް ކަމަކަށް ރިއާޔަތް ކުރުމެއް ނެތް ފަނޑިޔާރުގެ އަމިއްލަ ނިންމުމެއް ކަމަށެވެ.

މައްސަލައިގައި، ގާޒީ އިސްމާއީލް ރަޝީދު ފާހަގަކުރި ބައެއް ނުކުތާތައް އެއީ ކޯޓާއި ހިއްސާކުރި މައުލޫމާތުތަކެއް ނޫންކަމަށް ތަކުރާރުކޮށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް މައްސަލަ ބާތިލު ކުރުމުގައި އެއްވެސް މާއްދާއަކާއި ހަވާލާދީފައި ވެސް ނުވާކަމަށް ޝަމީމް ވިދާޅުވިއެވެ. އެހެން ކަމުން މައްސަލަ ބާތިލު ވާންވީ އެއްވެސް ހަމައެއް އެނގިވަޑައި ނުގަންނަވާކަމުގައި އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ގިނަ ސުވާލުތަކެއް އަމާޒުވެގެން ދިޔަ އެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، ހުކުމުގައި ކަންބޮޑުވާ ކަންތަކެއް އެބަހުރިކަމަށެވެ. މައްސަލައެއް ބަލަން ޖެހޭނީ ކޯޓަށް ހުށަހެޅޭ އަދި ދެ ފަރާތުން ދައްކަވާ ވާހަކަތަކުގެ މައްޗަށްކަމަށް ވާއިރު، ހުކުމް އައިސްފައިވާ ގޮތް ސާފެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ ގާނޫނީ ނިޒާމެއްގެ ތެރެއިން، ހުށަހެޅޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ހުކުމް ކަނޑައެޅުމަށް އޮންނަނީ މުހިންމު މަގްސަދެއްގައި ކަމަށެވެ. އެހެން ކަމުން، ފަނޑިޔާރުގެ އަމިއްލަ ވިސްނުމަކަށް، ނުވަތަ ފަނޑިޔާރަށް އެނގޭ އެހެން މައުލޫމާތުތަކެއްގެ މައްޗަށް ގޮތް ކަނޑައަޅަން ވެއްޖެނަމަ ފުލުހުންނާއި، ޕީޖީ އަދި މައްސަލަތައް ތަހުގީގު ކުރާ އިދާރާތްތަކުގެ ބޭނުމެއް ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަދީބުގެ މައްޗަށް އުފުލެން ހުރި ދައުވާތަކުގެ ތަފްސީލު ހިއްސާ ކުރައްވާ ޝަމީމް ވިދާޅުވީ، މިހާރުވެސް އަދީބުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލިދާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ 150 ދައުވާއެއް އެއީ ޕީޖީ އޮފީހާއި އެކު އަދީބު މީގެ ކުރިން ވެފައިވާ އެއްބަސްވުން ބާތިލް ކުރި ނަމަވެސް އުފުލެން ހުރި ދައުވާތަކެއްކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ދައުވާތައް ސާބިތުވެއްޖެނަމަ 800 އަހަރަށް ވުރެ ކުރުނޫން މުއްދަތެއްގެ ޖަލު ހުކުމްތަކެއް އަދީބުގެ މައްޗަސް އަންނާނެ ކަމަށް ޕީޖީ ޝަމީމް ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: