ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި

ސްޓެލްކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމައުއަށް ފައިދާ ހުރި، ހަރުދަނާ ގާބިލް ޒުވާނުންތަކެއް ވާޒީފާގެ މާހައުލަށް ނެރުމަށްޓަކައި ސްޓެލްކޯއިން ކުރިޔަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

މި ޕްރޮގްރާމުގެ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއެކު ގިނަ ފަރާތްތަކަކުން ކުރިމަތިލިނަމަވެސް، އިންޖީނިއަރިންގ އާއި ބިޒްނަސްގެ ދާއިރާއިން ކުރިޔަށް ދިއުމަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އޭގެ ތެރެއިން ޝަރުތުހަމަވާ އަދި މިކުންފުންޏާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި 9 ޒުވާނަކަށެވެ. 5 މަސްދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމަކީ މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޢުނީ ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ސްޓެލްކޯގެ މަސައްކަތްތައް ދަސްކުރަންބޭނުންވާ ޒުވާނުންނަށް އިއެކަމަށް ބޭނުންވާ ތަމްރީނު ދިނުމަށާއި، މުޖުތަމައުއަށް ފައިދާހުރި ބަޔަކަށް ޒުވާނުން ހެދުމަށްޓަކައި ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން މެނޭޖިންގ ޑިރެކްޓަރު ހަސަން މުޢުނީ ދެއްކެވި ވާހަކަ ފުޅުގައި ވަނީ މިދިޔަ އަހަރުގެ އެންމެ ރަނގަޅު ކުންފުނީގެ ގޮތުގައި ސްޓެލްކޯ ހޮވިފައިވާކަން ފާހަގަކޮށް، ރައްޔިތުންނާއި ސީދާ ގުޅުންހުރި މުހިންމު މަސައްކަތްތަކެެއް ކުރާ ސްޓެލްކޯ ފަދަ ބޮޑު ކުންފުންޏެއްގައި މަސައްކަތްކޮށް، ތަޖުރިބާތަކެއް ލިބިގަތުމަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިއްޕެވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

”މިއަދު މި ފުރުސަތު ލިބުނު ޒުވާނުން ވިސްނަންވީ ކަމަކީ ތައުލީމުން އެކަނި ދިރިއުޅުމުގެ ކާމިޔާބީއެއް ހާސިލްނުވާނެކަން. އެކަމަށް ބޭނުންވާ ތަޖުރިބާ މިތަނުގެ ވެރިންގެ ކިބައިން ތިޔަ ޒުވާނުންނަށް ލިބުމުގެ ފުރުސަތު މިއަދު މި ހުޅުވިގެންދިޔައީ. ކާމިޔާބު މީހަކަށް ވުމަށްޓަކައި، ގަދައަޅާ މަސައްކަތްކޮށް، ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ، ކަމަށް ކަމޭހިތައިގެން މަސައްކަތްކޮށްފި ނަމަ ކާމިޔާބު ލިބިގެންދާނެ“ މުޢުނީ ވިދާޅުވި އެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް މަހަކު 3000 ރުފިޔާގެ އެލަވަންސެއްދޭން ވަނީ ނިންމާފަ އެވެ. އަދި އެޕްރެންޓިސްޝިޕް ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުސަތުވެސް ހަމަޖެހިގެންދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: