ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދަޔާ ޚިލާފަށް ޕޮޒިޓިވްވާ މީހުން ގިނަވާތީ މިނިސްޓަރު އިންޒާރެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުޔެއް ދިނުމާއެކު ޕޮޒިޓިވްވާ މީހުން އާދަޔާ ޚިލާފަށް ގިނަ ވަމުން އަންނާތީ، އެކަމަކު ނުރައްކާ އޮތް މިންވަރު ހާމަކޮށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިންޒާރެއް ދެއްވައިފިއެވެ.

މިނިސްޓަރުގެ އިންޒާރެއް އައިސްފައިވަނީ އަންގާރަ ދުވަހު އާދަޔާ ޚިލާފަށް ގިނަ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެޗްޕީއޭ އިން އާންމުކުރި މައުލޫމާތުގައި ވާގޮތުން ހޯމަ ދުވަހުގެ ހަވީރު 6 އިން އަންގާރަ ދުވަހުގެ ހަވީރު 6 އާ ހަމައަށް 137 މީހަކަށް އަލަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 92 އެވެ. އަދި ބަންގްލަދޭޝްގެ 31 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ސްރީ ލަންކާގެ ހަތަރެއް އަދި ފިލިޕިންސް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ހާލަތުގެ ނާޒުކުކަން ހަމާކުރައްވާ މިނިސްޓަރު އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ”ނުރައްކަލުގެ ރަނގަބީލު“ ގެ އަޑުގަދަވަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އާއްމު ހާލަތަކަށް އެދޭ ނަމަ މާސްކް އެޅުމާއި އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރުމާއި ބައްދަލުވުންތައް މަދުކުކޮށް، ކޮންމެހެން ނުކުންނަން ޖެހޭ ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 3506 އަށް އަރާފައެވެ. މިހާރު ރާއްޖެ އިން 929 މީހަކަށް ދަނީ ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ މާޗް މަހުގެ 7 ދުވަހުއެވެ. އަދި އޭޕްރީލް 15 ގައި މާލެ އަށް އެ ބަލި ފެތުރުނު ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އެޕްރީލް 30 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ 178 މީހުން ޕޮޒިޓިވްވެފަ އެވެ.

މި އަހަރުގެ ބޮޑު އީދަކީ އާއްްމު ހާލަތުގައި އުޅޭހެން ގިނަ ބަޔަކު އެއްވެ އުފާފާޅުކުރުމާއި ދަތުރުފަތުރު ކުރުން ފަދަ ކަންތައްތައް ކުރާ ޗުއްޓީއަކަށް ނުހެދުމަށްވެސް މިނިސްޓަރުވަނީ މީގެ ކުރިން އިލްތިމާސް ކުރައްވާފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ދީފައިވާ ލުއިތަކާ މެދު ސަމާލުކަން ނުދެވިއްޖެ ނަމަ ކުރިއަށް އޮތީ މާ ނުރައްކާތެރި ދުވަސްތަކަކަށް ވެދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: