ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންއަކަށް ގޮސްފިނަމަ ވާނީ ބަނގުރޫޓު، ކޮވިޑާއެކު އުޅެން ދަސްކުރަންޖެހޭ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންއަކަށް ގޮސްގެން ގައުމު ބަނގުރޫޓުވާން ދޫކޮށްލައިފިނަމަ ރައްޔިތުންނަށްވާ ގެއްލުން މާބޮޑުވާނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީޑު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެ އަލުން ބަންދުކުރުމުގެ ވިސްނުމަކީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި ކޮވިޑް-19ގެ ރޯގަލާއެކު އުޅެވޭނެ ގޮތް ހޯދަން ޖެހޭ ކަމަށެވެ. އަދި ރޯގާއިން ސަލާމަތްވުމަށް ގައުމު ބަންދުކޮށް، ގައުމު ބަންގުރޫޓުވާން ޖާގަ ދީފިނަމަ ރައްޔިތުންނަށް ލިބެ ގެއްލުން މާ ބޮޑު ވާނެކަމަށް ރައީސް ވިދާޅުވިއެވެ.

https://twitter.com/MohamedNasheed/status/1288336676616511489

ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ، ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވަމުންދާ ދަނޑިވަޅެއްގައެެެވެ. ލޮކްޑައުނެއްގައި ދިގު މުއްދަތެއް ވަންދެން އޮތުމަށްފަހު، ކޭސްތައް ފެންނަމުންދިޔަ މިންވަރު ކޮންޓްރޯލްވާން ފެށުމާއެކު އެކި ފިޔަވަހިތަކަށް ބަހާލައިގެން ފުރަބަންދަށް ވަނީ ލުއި ދީފައެވެ.

ލޮކްޑައުންއަށް ލުއި ދިނުމާއެކު ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވަމުން ގޮސް، އިއްޔެ ވަނީ 92 ދިވެހިންނާއެކު 137 ޕޮޒިޓިވް ކޭސް ފެނިފައެވެ.

ޕޮޒިޓިވފް ކޭސްތައް ފެންނަން ފެށުމާއެކު، ސިޔާސީ ލީޑަރުންނާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން އަންނަނީ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ގޮވާލާފައެވެ. އަދި ކޭސްތައް އިތުރުވަމުންދާއިރު، ލޮކްޑައުންއަކަށް ދާން ވިސްނުން ނުގެންގުޅުއްވަނީ ކީއްވެތޯވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: