ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާގެ ކުރިން ފުލުހުން އައިސް ”ހައްޕުނޑު“ ކަންތަކުގައި ފުލުހަކު އިންޒާރެއް ދިން، މިއީ ބޮޑު ރޭވުމެއް: ޝިޔާމް

ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހި މައްސަލައަކީ ބޮޑު ރޭވުމެއްގެ ދަށުން ހިންގާ ކަމެއް ކަމަށާއި އެފަދަ ކަމެއް ހިންގަން އުޅޭ ކަމުގެ އިންޒާރު މުޒާހަރާ ފެށުމުގެ ކުރިން ލިބިފައިވާ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، މުޒާހަރާ ފެށުމުގެ ކުރިން އެރޭ ގާތްގަނޑަކަށް 08:22ހާއިރު ފުލުހަކު އައިސް އެރޭ މުޒާހަރާގައި ކުޅު ޖަހަން ނިންމާފައިވާ ކަމުގެ ޚަބަރު ލިބިފައިވާ ކަމަށް ފުލުހަކު ވިދާޅުވެފައިވާ ކަމަށެެވެ. އަދި އެވަގުތު ޝިޔާމްގެ އަރިހުގައި އަބްދުއްރަހީމް އަބްދުﷲވެސް ހުންނެވިިކަމަށް ވިދާޅުވިއެވެ. ފުލުސް އޮފިސަރު އެވަގުތު އެހެން ވިދާޅުވުމުން، އެފަދަ އެއްވެސް ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދީފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެހެންކަމުން، މިކަމުގެ މައުލޫމާތު ފުލުހުންގެ އަތުގައި ހުންނާނެ ކަމަށާއި، މިކަން ތަހުގީގުކުރުމަށް ޝިޔާމް ވަނީ ގޮވާލާފައެވެ.

ޝިޔާމް ވިދާޅުވީ، މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަކީ ސަލާމަތީ ބާރުތަކަށް އިހްތިރާމް ކުރާނެ ބައެއް ނޫން ކަމަށެވެ. އެހެންނަމަވެސް ޕީޕީއެމް، ޕީއެންސީއަކީ އުފެދުނީއްސުރެވެސް ސަލާމަތީ ބާރުތަކަށް އިހްތިރާމް ކުރާ ބައެއް ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ އެއްވެސް މީހަކު އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ. އެކަންތައް ހިނގައިދިޔަ ހިސާބަކީ ފުލުހުންގެ ސީސީޓީވީ ކެމެރާތަކާއި އާންމުންގެ ގެތަކުގައި އަދި ފިހާރަތަކުގައި ސީސީޓީވީ ކެމެރާތައް ހަރުކޮށްފައި ހުންނަ ހިސާބެއް ކަމަށާއި އެހެންކަމުން މިމައްސަލަ ބަލައި މިކަން ކުރި މީހަކު ހޯދުމަށް ޝިޔާމް ވަނީ ގޮވާލާފައެވެ.

ޝިޔާމް ވަނީ ފޮޓޯތަކަށް ބަލާއިރުވެސް، ސުވާލު އުފެދޭ ކަންކަން ހުރިކަމަށް ވިދާޅުވެފައެވެ.

”އެއް ދިމާއަކުން ނޫން ހައްޕުނޑު އައިސްފައި ހުރީ. މީހެއް ގަޔަށް ކުޅު ޖަހާ ކަމަށް ވަންޏާ ކޮންމެވެސް އެއް ދިމާލަކުން ދެއްތޯ ކުޅު އަންނަން ވާނީ. އެކަމަކު ފުލުސް އޮފިސަރުންގެ ވަށައިގެން ހައްޕުނޑު އެބަހުރި. ފޮޓޯތަކަށް ބެލުމުން ހީވަނީ ނުވަތަ އަޅުގަނޑުމެންގެ އެނަލިސިސްއިން ދައްކަނީ ކުރިމަތިން ނުވަތަ އެއްފަރާތަކަށްވުރެ ބޮޑަށް މަތިން ކޮންެމެވެސް ދިމާލަކުން ކޮށްފައި ހުރި ކަމެއްހެން“

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ހައްޕުނޑު ޖެހި މައްސަލާގައި ދެކޮޅު ނުޖެހޭ ކަންކަން އެބަހުރި ކަމަށެވެ. މުޒާހަރާ ފެށުމުގެ ކުރިން މިކަން ހިނގާފާނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށާއި އަދި ފުލުހުންގެ ގަޔަށް ކުޅުޖެހި ބަޔަކު އެވަގުތު ހައްޔަރު ނުކުރީ ކީއްވެތޯ ވަނީ ސުވާލު އުފައްދާފައެވެ.

އިދިކޮޅު ކޯލިޝަނުން މިއީ، ކޯލިޝަންގެ އަމަލެއް ނޫންކަމަށް ބުނަމުންދާއިރު ފުލުހުންގެ ގަޔަށް، ހައްޕުނޑު ޖަހާފައި ހުރި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް ރައްޔިތުން ދަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި މިއީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި، ނުރައްކާތެރި ބައްޔެއް ފެތުރި ކޭސްތައް އިތުރުވަމުން ދާ ދަނޑިވަޅެއްގައި މިފަދަ އަމަލެއް ހިންގި މީހަކާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ދަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: