ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިޑްލައިންއާއި ޚިލާފަށް ހިންގި އިތުރު 15 ތަނެއް ބަންދުކޮށްފި

ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ ގައިޑްލައިންތަކާއި ޚިލާފަށް ހިންގި އިތުރު  15 ތަނެއް ބަންދުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ކޮވިޑް-19 އިގެ ގައިޑްލައިނާއި އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގެ މަޢުލޫމާތު ހިއްސާކުރައްވަމުން ބުރާސްފަތި ދުވަހުގެރޭ އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ވަނީ 240 ތަނެއް އިންސްޕެކްޓްކޮށް އިތުރު 15 ތަނެއް ބަންދުކޮށްފައިވާކަމަށް ބުނެފައެވެ.

މި ގޮތުން އެޗްޕީއޭއިން ބުނީ ބަންދުކުރި ތަންތަނުގެތެރޭގައި ހިމެނެނީ 06 ސެލޫންއާއި 07 ފިހާރައާއި ކާބޯތަކެތީގެ ޚިދުމަތްދޭ 02 ތަންކަމަށެވެ.

ކޮވިޑް-19 އިގެ ގައިޑްލައިނާއި އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގެ ދަށުން ބުރާސްފަތި ދުވަހު 15 ތަނެއް ބަންދުކޮށްފައިވާއިރު ބުދަދުވަހުގައި 235 ތަނެއް އިންސްޕެކްޓްކުރެވިފައިވާ ކަމަށް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ޑރ.ނަޒްލާ ވިދާޅުވި ގޮތުގައި އޭގެތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ 51 ތަނެއްގެ އިތުރުން 154 ފިހާރައާއި 05 ޖިމާއި 04 މާރުކޭޓެކެވެ.

މި ގޮތުން އެ ތަންތަނުގެތެރެއިން އުސޫލުތަކަށް ނުފެތޭތީ 20 ތަނެއް ބަންދުކޮށްފައިވާކަމަށް ޑރ.ނަޒްލާ ވަނީ ވިދާޅުވިެފައެވެ. 

އޭގެތެރޭގައި ހިމެނެނީ 08 ފިހާރައާއި 06 ސެލޫން އާއި ކާބޯތަކެތީގެ ޚިދުމަތްދޭ 03 ތަނެއްގެ އިތުރުން 03 މާރުކޭޓެވެ.

ކޮވިޑް-19 އަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިޑްލައިނާއި އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުމަށް އެޗްޕީއޭއިން ޚާއްސަ އޮޕަރޭޝަނެއް ފެށީ ޖުލައިމަހުގެ 29 ވަނަދުވަހުގައެވެ. ޖުލައި 29 ގައި ފެށި އިންސްޕެކްޝަނުގައި ގިނަތަންތަން ބަލައި މިހާރު ވަނީ ފިޔަވަޅު އަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: