ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދައިގެ ދަށުން އިންޑިއާއަށް ދިޔަ ދިވެހިން: އެނބުރި އައުމުގެ ކުރިން ހެދި ޓެސްޓުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް!

ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ ދެ ދިވެއްސެއް ކޮވިޑަށް ޕޮޒިޓިވްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ފަރުވާ ކުރެވެން ނެތް ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން، އިންޑިއާއަށް ފުރުވާލި ދެ ދިވެހިން ކޮވިޑަށް ޕޮޒިޓިވެފައިވާކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ފޮނުވަނީ، ކޮންމެހެން ބޭސްފަރުވާއަށް ބޭރަށް ދާން ޖެހޭ މީހުންނެވެ. އިންޑިއާގެ ސަރުކާރާއި އެކު ވެފައިވާ މަޝްވަރާގެ ދަށުން މިހާތަނަށް އެ ގައުމަށް 248 ދިވެހިން ވަނީ ފޮނުވާފައެވެ. އޭގެ ތެރޭގައި ބަލި މީހުންގެ އެހީތެރިން ވެސް ހިމެނެއެވެ.

އިންޑިއާއަށް ދިވެހިން ފޮނުވާލުމުގެ ކުރިން ވެސް ކޮވިޑަށް ޓެސްޓު ކުރެއެވެ. އަދި އެ މީހަކު ފަރުވާއަށް ދާ ހޮސްޕިޓަލުގައި 14 ދުވަހު ކަރަންޓީނުވުމަށްފަހު ވެސް ކޮވިޑަށް ޓެސްޓު ކުރެއެވެ. ބޭސްފަރުވާއަށް ދިޔަ މީހުންގެ ތެރެއިން އިތުރު ދެ ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އެ މައުލުމާތުތައް މީޑިއާތަކާއި ހިއްސާކޮށް އާސަންދައިން ބުނެފައިވަނީ، އެ މީހުން ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ އެނބުރި ގައުމަށް އައުމުގެ ކުރިން ހެދި ޓެސްޓަށްފަހު ކަމަށެވެ. އެހެން ކަމުން އިތުރު 14 ދުވަސް ވަންދެން އެ މީހުން އިންޑިއާގައި މަޑުކުރަންޖެހޭނެ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

އާސަންދައިން ބުނެފައިވަނީ ދެ މީހުންގެ ފަރުވާގެ އިންތިޒާމުތައް މެދުކެނޑުމެއް ނެތި އާސަންދައިން ކުރިޔަށް ގެންދާ ކަމަށެވެ.

މީގެ އިތުރުން އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު އަމްރީތާ ހޮސްޕިޓަލަށް ދިޔަ ދިވެހިންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވި 03 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި މިވަގުތު ފަރުވާދެމުން ދަނީ އެކަކަށް ކަމަށް ވިދާޅުވިއެވެ. އަމްރިތާއަށް ދިޔަ ދިވެހިންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ބަލި މީހަކާއި، ތިން އެހީތެރިންނެވެ.

އާސަންދައިން ވަނީ މިއަދު ވެސް އިންޑިއާގެ ޕަބްލިކް ހެލްތް ގައިޑްލައިނާއި އެއްގޮތަށް ކޮވިޑަށް ޓެސްޓުކުރުމަށްފަހު ބައްޔައް ނެގެޓިވްވި 50 ދިވެއްސަކު އިންޑިއާއަށް ފުރުވާލާފައެވެ. އާސަންދަ ކުންފުނިން ބުނެފައިވަނީ އިންޑިއާއަށް ދިޔަ ދިވެހިން އެ ގައުމުގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ. އަދި ކޮވިޑަށް ޓެސްޓުކުރާނީ އެއަށްފަހު ކަމަށް ވަނީ ބުނެފައެވެ. މިއަދު ފުރި މީހުންގެ ތެރޭގައި ހިމެނެނީ 21 ބަލި މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: