ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުފިނޮޅުން ހައްޔަރު ކުރި ބިދޭސީން: ހޭބިއަސް ކޯޕަސް މައްސަލައިން ރިޒް ކުންފުނި ތަދައްހުލްވެ، އަޑުއެހުމެއް ބާއްވައިދިނުމަށް އެދިއްޖެ

ބޮޑުފިނޮޅު އިން ހައްޔަރު ކުރި ބިދޭސީން ވަނީ ދޫކޮށްލާފައި/ ބިދޭސީން އަދިވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ، ބޮޑުފިނޮޅުން ހައްޔަރު ކުރި ބިދޭސީންގެ މައްސަލައިގައި ކުރިޔަށް ގެންދާ ހޭބިއަސް ކޯޕަސް މައްސަލައިން ތަދައްހުލްވާން ބޭނުންވާ ކަމަށާއި، މައްސަލައިގައި ވީހާވެސް އަވަހަށް އަޑުއެހުމެއް ބާއްވައިދިނުމަށް އެދޭކަމަށް ރިޒް ކުންފުނިން ބުނެފިއެވެ.

ކްރިމިނަލް ކޯޓު ހިންގުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދަށް އެޑްރެސްކޮށް ރިޒްގެ ގާނޫނީ ވަކީލުންގެ ޓީމް، ލޯކްރާފްޓްއިން ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވަނީ ބޮޑު ފިނޮޅު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމާއި ގުޅޭގޮތުން ސީލް މޯލްޑިވްސްއާއި އެކު ވެވުނު އެއްބަސްވުންތަކާއި އެއްގޮތަށް ރަށުގައި ކުރެވުނު ކޮންސްޓްރަކްޝަން މަސައްކަތް މެނޭޖުކޮށްފައިވާނީ އެ ކުންފުނިން ކަމަށެވެ. އެގޮތުން ރަށުގައި މަސައްކަތް ކުރިއިރު ޖުމްލަ 204 ބިދޭސީއެއްގެ މަސައްކަތް މެނޭޖުކޮށް ސުޕަވައިޒަރީ ރޯލް އަދާކޮށްފައިވާނެ ކަމަށް ވަނީ ބުނެފައެވެ.

ރިޒް ކުންފުނީގެ އެ ސިޓީގައި ބުނެފައިވަނީ ދެ ފަރާތުގެ ދެމެދުގައި އުފެދުނު ދެބަސްވުންތަކާއި ގުޅިގެން ރަށުގައި ކާބޯތަކެތި ފޯރުކޮށްދިނުމާއި އަދި ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށް ސީލް މޯލްޑިވްސްއިން ހުރަސްއަޅަމުން ގެންދިޔަ ކަމަށެވެ. އަދި ޖުލައި 31 ގައި ސީލް މޯލްޑިވްސްއިން ދުރާލައި އަންގާފައިވާ ގޮތަށް ރަށުގެ ފެނާއި ކަރަންޓުގެ ހިދުމަތް އެކީ ކަނޑާލުމުގެ ސަބަބުން ރަށުގައި ތިބި ބިދޭސީން ހާލުގައި ޖެހުނު ކަމަށެވެ.

ރަށުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނު ބިދޭސީން މިވަގުތު ތިބީ ހުޅުމާލޭގައި ހުންނަ ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަންގެ ފެސިލިޓީއެއްގައި ކަމަށާއި، އެ ފެސިލިޓީއަށް ބިދޭސީން ބަދަލުކޮށްފައިވަނީ ކުންފުންޏާއި އިކޮނޮމިކް މިނިސްޓްރީގެ މަޝްވަރާތަކަށްފަހު އެމްއާރުޑީސީއާއި އެކު ވެވުނު އެއްބަސްވުމެއްގެ ދަށުންކަން ރިޒް ކުންފުނީގެ ވަކީލުން ވަނީ ފާހަގަކޮށްފައެވެ. އަދި ބިދޭސީން ފެސިލިޓީގައި ތިބީ ވެސް ރިޒް ކުންފުނީގެ ހަރަދުގައި ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ގާނޫނީ ޓީމުން ބުނެފައިވަނީ ރަށުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކަށް ފަހު ހައްޔަރުކޮށްފައި ވަނީ 19 ބިދޭސީއެއް ކަމަށެވެ. އަދި އެ މީހުން ބަންދުގައި ބޭތިއްބުމަށް ފަހު މިހާރު ދޫކޮށްލާފައިވާއިރު، އެ މީހުން ހުޅުމާލޭގެ ފެސިލީޓީއަށް ބަދަލުކޮށްދިނުމަށް އެދި އިދާރާތަކާއި ވާހަކަ ދައްކާ މަޝްވަރާ ކުރެވުނު ކަމަށެވެ. ލޯކްރާފްޓްއިން ބުނެފައިވަނީ މައްސަލައިގައި އިމިގްރޭޝަނަށް ވެސް ސިޓީއެއް ހުށަހަޅާފައިވާނެ ކަމަށާއި، ބިދޭސީން ދޫކޮށްލިކަން ކުންފުންޏަށް އަންގާފައި ވެސް ނުވާ ކަމަށެވެ. އަދި އެ ބިދޭސީންތައް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިބެންޖެހުމަކީ ގަބޫލު ކުރާކަމެއް ނޫންކަމަށް ރިޒްގެ ވަކީލުން ވަނީ ބުނެފައެވެ.

ރިޒް ކުންފުނީގެ ގާނޫނީ ޓީމުން ބުނެފައިވަނީ އިމިގްރޭޝަނަށް 19 ބިދޭސީން އެގޮތަށް ބޭތިއްބޭނީ އެ މީހުންނާއި ހަވާލުވާނެ އަދި ޒިންމާވާނެ ފަރާތެއް ނެތްނަމަ ކަމަށެވެ. ރިޒްއިން ބުނެފައިވަނީ ޖަލެއް ގޮތަށް ހިންގާ ޑިޓެންޝަން ސެންޓަރެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި އިމިގްރޭޝަނުން ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ މައްސަލައިގައި ކުރިޔަށް ގެންދާ ހޭބިއަސް ކޯޕަސް މައްސަލައިން ތަދައްހުލްވުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން މައްސަލައިގައި ވީހާވެސް އަވަސް އަޑުއެހުމެއް ބާއްވައިދިނުމަށް ރިޒްއިން ވަނީ އެދިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: