ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ފޭދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މާލެއިން ރަށްތަކަށް ދަތުރު ކުރުމުގެ އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން ދަތުރުކޮށް، އައްޑޫ ސިޓީ ފޭދޫ ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

”ސަންގު“ އާއި މައުލޫމާތު ހިއްސާ ކުރަމުން އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާއަކީ މި މަހުގެ 06 ވަނަ ދުވަހު މާލެއިން އައްޑޫއަށް ދިޔަ މީހެއް ކަމަށެވެ.

ބައްޔަށް ޕޮޒިޓިވް ވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަނީފަށާފައެވެ. މައުލޫމާތު ލިބޭގޮތުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ ފުލުހެކެވެ. އަދި އޭނާ ވަނީ ރަށަށް ދަތުރު ކުރުމުގެ ކުރިން މާލެއިން ރެންޑަމް ސާމްޕަލްއެއް ނަގާފައެވެ. ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ މިއަދު ނަތީޖާ ލިބުމުންނެވެ.

ފަހަކަށް އައިސް މާލެއިން ރަށަށް ގޮސް ކަރަންޓީނުވާ މީހުން ކޮވިޑަށް އަންނަނީ ޕޮޒިޓިވްވަމުންނެވެ. އަދި އެ މީހުން ބައްޔަށް ޕޮޒިޓިވްވާކަން އެނގެނީ، ދޫކޮށްލުމުގެ ކުރިން ބައްޔަށް ޓެސްޓު ކުރާއިރުއެވެ. މިހާތަނަށް ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަކީ، އެއްވެސް އަލާމާތެއް ނެތި ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ކޭސްތައް މަދުވުމުން، ބައްޔާއި ދެކޮޅަށް އަޅާފައި ހުރި ވަރުގަދަ ފިޔަވަޅުތަކަށް ލުއިދިނެވެ. އަދި އެއަށްފަހު ކުއްލި ގޮތަކަށް ކޮވިޑު ފެތުރުން އިތުރުވެ، މިހާރު ވަނީ އިންޑިޕެންޑެންޓް ކޭސްތައް ނުވަތަ އިތުރު އެއްވެސް ކަލަސްޓާއަކާއި ގުޅުމެއް ނެތި ވެސް ބައްޔަށް ޕޮޒިޓިވްވާ މީހުން ފެންނަން ފަށާފައެވެ.

ރަށްތަކުގައި ހޯމް ކަރަންޓީނުވާ މީހުން ކޮވިޑަށް ޕޮޒިޓިވްވުން އިތުރުވެފައިވުމާއި، އަދި މާލޭގައި ވެސް އެއްވެސް ކަލަސްޓާއަކާއި ގުޅުމެއް ނެތި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް އިތުރުވުމުގެ ސަބަބުން މާލެ ސަރަހައްދުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

މީގެ އިތުރުން މާލެއިން ރަށްތަކަށް ދަތުރުކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސް، ވަކި ޝަރުތުތަކެއް ހަމަވެގެން ނޫން ގޮތަކަށް މާލެއިން ރަށްތަކަށް ނުދެވޭގޮތަށް ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާއަށް މާލެ އައި މީހުންނާއި، މާލީ ދަތިތަކާއި ހެދި ނުވަތަ ވަޒީފާ ގެއްލިގެން ރަށަށް ބަދަލުވާ މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: