ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެއްލައިދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ %30 މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ނެއްލައިދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ 30 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން އެމްޓީސީސީން މިއަދު ބުނީ ނެއްލައިދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ 30 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

މީގެ އިތުރުން އެ ރަށު ބަނދަރު ފުން ކުރުމުގެ 45 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވެސް އެމްޓީސީސީން ހާމަކުރެއެވެ.

އެމްޓީސީސީން ހާމަކުރިގޮތުގައި ނެއްލައިދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން 22،860(ބާވިސް ހާސް އަށްސަތޭކަ ފަސްދޮޅަސް) ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އޭގެ އިތުރުން  10،294 (ދިހަ ހާސް ދުއިސައްތަ ނުވަދިހަ ހަތަރެއް) ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރުމަށާއި 164 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެެއެވެ.

މި ކަންތައްތަކުގެ އިތުރުން  224 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށާއި ގްރޯންސް ޖެހުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.  އަދި 2،102 (ދެހާސް އެއްސަތޭކަ ދެއެއް) ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށާއި ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ހުސްވި އަހަރުގެ އޯގަސްޓްމަހުގެ 27 ވަނަ ދުވަހު އެމްޓީސީސީން ހަވާލުވެފައިވާ މމި މަޝްރޫޢުއަށް 47,623,290.28 (ސާޅީސް ހަތް މިލިއަން ހަލައްކަ ތޭވީސް ހާސް ދުއިސައްތަ ނުވަދިހަ ޕޮއިންޓް އަށާވީސް) ރުފިޔާ ހޭދަވާނެކަމަށް އެމްޓީސީސީން ވަނީ ލަފާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: