ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންގުންތައް އަންގަނީ އެޗްޕީއޭއިން ނިންމާ ނިންމުންތަކަށް: ޓުއަރިޒަމް މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން އެކިފަހަރުމަތިން ނެރެފައިވާ ބަޔާންތަކާއި އެންގުންތައް ބިނާވެފައިވަނީ އެކިއެކި ކަންކަމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނިންމާ ނިންމުންތަކަށްކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި މިހެން ބުނެފައި މިވަނީ ފަތުރުވެރިންނަށް ޚާއްސަކުރެވިފަްިވާ ރިސޯޓުތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުމަކީ މަނާކަމެއްކަން އަންގައި އެ މިނިސްޓްރީން ޢާންމުކުރި ސަރކިއުލަރއާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.

މި ގޮތުން ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން އެކިފަހަރުމަތިން ނެރެފައިވާ ބަޔާންތަކާއި އެންގުންތައް ބިނާވެފައިވަނީ އެކިއެކި ކަންކަމާ ގުޅޭގޮތުން އެޗްޕީއޭއިން ނިންމާ ނިންމުންތަކަށްކަމަށެވެ.

އެހެންކަމުން ޓޫރިސްޓް ފެސިލިޓީތަކުގައި ޗުއްޓީ ހޭދަކުރެވޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުންކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ރިސޯޓުތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުން މަނާކުރީ ކޮވިޑް ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި މެނޭޖްމަންޓުތަކުން ވޭތުވެދިޔަ ދުވަސްތަކުގައި އެޗްޕީއޭއާއި ކަމާގުޅޭ އިދާރާތަކުން އަންގާ އިރުޝާދަށް ކިޔަމަންތެރިކަމާއެކު ބޯލަނބަމުން ގެންދާތީ ޝުކުރުއަދާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: