ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ހިތަދޫގައި ހޯމް ކަރަންޓީން މުއްދަތު ހަމަކުރި އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކަރަންޓީން ވުމަށް މާލެއިން ރަށްތަކަށް ދިއުން/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ހިތަދޫގައި ހޯމް ކަރަންޓީނުގެ މުއްދަތު ހަމަކުރި އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

ބައްޔަށް ޕޮޒިޓިވް ވި މީހާއާއި ގުޅޭގޮތުން އެޗްއީއޯސީން ބުނެފައިވަނީ، އެއީ އުމުރުން 58 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަކުރުމުން ރިލީޒް ދިނުމަށް ނެގި ސާމްޕަލްއަށްފަހު ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. ކޮވިޑަށް ޕޮޒިޓިވް ވި މީހާގެ ސާމްޕަލް ނަގާފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

އެޗްއީއޯސީން ބުނެފައިވަނީ އައްޑޫއިން ޕޮޒިޓިވް ވި މީހާގެ ކޮންޓެކްޓް ޓްރޭސިން ހަދާ އެއްވެސް މީހަކާއި ބައްދަލުވެފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ.

މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އައްޑޫއިން ފެނުނު 03 ވަނަ ކޭސްއެވެ. މީގެ ތެރެއިން ދެ ކޭސްއެއް ފޭދޫއިން ފެނުނުއިރު އަނެއް ކޭސް ފެނިފައިވަނީ ފޭދޫއިންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: