ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރޭޓާ މާލެއާއި އެޗްޑީސީ އުވާލައި އާ ކުންފުންޏެއް އުފައްދަނީ!

ގްރޭޓާ މާލެއާއި އެޗްޑީސީ އުވާލައި އާ ކުންފުންޏެއް އުފެއްދުމަށް ނިންމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން އާއި ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން އުވާލާ އާ ކުންފުންޏެއް އުފެއްދުމަށް ސަރުކާރުން ނިންމައިފިއެވެ.

އިތުބާރު ހުރި މަސްދަރުތަކުން ”ސަންގު“ އަށް މައުލޫމާތު ލިބޭ ގޮތުން ގްރޭޓާ މާލެއާއި، އެޗްޑީސީ އުވާލުމުގެ މަޝްވަރާތަކުގެ ވާހަކަތައް ވަނީ ދެކެވިފައެވެ. އަދި ނިންމާފައިވަނީ ދެ ކުންފުނި މާޖްކޮށް އާ ކުންފުންޏެއް އުފެއްދުމަށެވެ.

އެގޮތުން އާ ކުންފުންޏާއި އެޗްޑީސީގެ ވެރިން ހަވާލުވާއިރު ކުންފުނީގެ އެމްޑީއަކަށް އަންނަނީ އެޗްޑީސީގެ މިހާރުގެ ޑީއެމްޑީއެވެ.

މި ދެ ކުންފުނި ވެސް އުވާލަން ނިންމިއިރު، މީގެ ކުރިން ވެސް ކުންފުނިތަކަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ މައްސަލަތައް ފެންމަތިވިއެވެ. އަދި މަޖިލީހުގައި ވެސް ބައެއް މެމްބަރުން ވަނީ ގްރޭޓާ މާލޭގެ މަސައްސަލަތައް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭގެ އިތުރުން އެޗްޑީސީއަށް ރަނގަޅަށް ހުޅުމާލޭގެ މައްސަލަތައް ނުބެލެހެއްޓުމާއި، އަދި އެ ނޫންވެސް މައްސަކަތަކެއް ފެންމަތިވެ ކުންފުނި އުވާލުމަށް ވެސް ގޮވާލާފައިވެއެވެ. އޭގެ ތެރެއިން ފެންމަތިވީ ވާހަކަތަކުގެ ތެރޭގައި އެޗްޑީސީގެ މަސައްކަތްތައް މާލެ ސިޓީ ކައުންސިލާއި ހަވާލުކުރާ ވާހަކަތަކެއް ވެސް ދެކެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: