ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ޓޫރިޒަމް މިނިސްޓްރީގެ ޒިންމާއިން ބޭރުން ބޮޑެތި ޚަރަދުތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް:19 އާއި ގުޅިގެން މި އަހަރުގެ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގެ ޒިންމާގެ ތެރޭގައި ނުހިމެނޭ ކަންތައްތަކަކަށް 26 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން އެނގިއްޖެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ކުރި ހަރަދުގެ 99 ޕަސެންޓަކީ އެ މިނިސްޓްރީގެ ޒިންމާއިން ނުވަތަ މެންޑޭޓުގެ ބޭރުން ކޮށްފައިވާ ހަރަދުތަކެވެ. އެހެންވެ ސަރުކާރުގެ ވަކިވަކި އިދާރާތަކަށް މަތިކޮށްފައިވާ ބައެއް ކަންކަމަށް ޓޫރިޒަމް މިނިސްޓްރީން ހަރަދު ކުރުމަކީ މައްސަލައެއްގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އެތެރެވާ ފަރާތްތަކުގެ ހުން ހުރި މިންވަރު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަށް، 2.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތާމަލް އިމޭޖިން ކެމެރާ ސިސްޓަމްތަކެއް ގަތުމަށް ޓޫރިޒަމް މިނިސްޓްރީގެ ހަރަދުކޮށްފައިވެއެވެ.

އޭގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާމަލް އިމޭޖިން ކެމެރާ ހަރުކުރުމަށްޓަކައި 1.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ބިޑް ކޮމިޓީގެ ލަފާ ހޯދުމެއްނެތި އަދި އެހެން އެއްވެސް ފަރާތަކުން އަގު ހޯދުމަކާއި ނުލައި، ސެކިއޯ ސޯސް އިންޓަނޭޝަނަލް އެލްއެލްސީ (އެސްއެސްއައި) އާއި ހަވާލުކޮށްގެންކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ބޭނުންވާ ފާމަސޫޓިކަލް ތަކެއްޗާއި، އެހެނިހެން އިތުރު ހުރިހާ ވަސީލަތްތަކާ އެކު މޯބައިލް މެޑިކަލް ޓީމެއް އެކުލަވާލަންވެސް ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން އެނގެއެވެ. އަދި އެކަންކޮށްފައިވަނީ ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށެވެ. 

އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެސްއެސްއައި އާއެކު މިނިސްޓްރީން ސޮއިކޮށްފައިވާ އެއްބަސްވުމަކީ އެސްއެސްއައިގެ މަސްލަހަތަށް ބުރަވާ ގޮތަށް އެކުލަވާލައިފައިވާ އެއްބަސްވުމެކެވެ.

މާލިއްޔަތުގެ ގަވާއިދުގައިވާ ބުނަނީ ޕްރޮކިއުމަންޓެއްގެ އަގު 35،000ރ. އާއި 2.5 މިލިއަން ރުފިޔާ އަސް ވުރެ ކުޑަ ނަމަ އެ ކަމެއް ކުރުމަށް ހުއްދަދޭނީ އެ އޮފީހެއްގެ ބިޑް ކޮމިޓީން ނިންމާ ގޮތެއްގެމަތިން، އޮފީހެއްގެ އެންމެ އިސްވެރިޔާ ކަމަށެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން އެދުނު ވަރަށް ވުރެ އިތުރަށް ތަކެތި ހޯދުމާއި އޭގެ ތެރޭގައި ހިމެނޭ މާސްކުތަކުގެ އެޕްރޫވަލް ސެޓްފިކެޓުގައި އިން މޮޑެލް ނަމްބަރު މިނިސްޓްރީން ގެނައި ތަކެއްޗާ ގުޅޭ އެއްވެސް ލިޔެކިއުމެއްގައި ފެންނަން ނެތް ކަމަށް އޮޑިޓް ރިޕޯޓިގައި ފާހަގަކޮށްފައިވެއެވެ.

މި އޮޑިޓް ކުރި މުއްދަތުގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ އަލީ ވަހީދެވެ. އެހެން ނަމަވެސް ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގައި ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން މިދިޔަ ޖުލައި މަހު އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: