ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްވެރިން ބެލެހެއްޓުމުގެ ފަލްސަފާ މިހާރުވަނީ ބަދަލުވެފަ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުތަކުގައި ތިބޭ ކުށްވެރިން ބެލެހެއްޓުމުގެ ފަލްސަފާ މިހާރު ބަދަލުވެފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ކަރެކްޝަނަލް ސަރވިސަސްއަށް 49 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު އިމްރާނު މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ޖަލުތަކުގައި ތިބޭ ކުށްވެރިން ބެލެހެއްޓުމުގެ ފަލްސަފާ މިހާރު މިވަނީ ބަދަލުވެފައި ކަމަށެވެ.

މި ގޮތުން އިންސާނީ ޙައްޤާއި ކަރާމަތަށް ރައްކާތެރިވެ ތިބެ ކަރެކްޝަނަލް އޮފިސަރުނ ކުށްވެރިން ބަލަހައްޓަމުންދާއިރު އެ މީހުން ރިހެބިލިޓޭޓްކޮށް މުޖުތަމަޢުއަށް ނެރުމަކީ މިއަދުގެ ފަލްސަފާކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

“ކުރީގެ ފަލްސަފާއަށް ބަލާއިރު ކުށްވެރިން ބެލެހެއްޓުމުގެ ފަލްސަފާ މިވަނީ ބަދަލުވެފަ. މިއަދު އިންސާނީ ޙައްޤާއި ކަރާމަތަށް ރައްކާތެރިވެ ތިބެ ބަލަހައްޓަމުންދާއިރު އެ މީހުން ރިހެބިލިޓޭޓްކޮށް ނެރުމަކީ މިއަދުގެ ފަލްސަފާ.“ އިމްރާން

އިމްރާން ވަނީ ކުށްވެރިން ރިހެބިލިޓޭޓްކޮށް މުޖުތަމަޢުއަށް ރަނގަޅު ބައެއްގެ ގޮތުގައި ނެރުމަށް ކަރެކްޝަނަލް ސަރވިސަސްގެ ފަރާތުން ކުރަމުންދާ މަސައްކަތްތައް އަޅުގަނޑުމެން ހަރުދަނާކުރަމުން ގެންދަވާ ކަމަށެވެ. އަދި ޖަލުތަކުގެ ވަސީލަތްތައް އިތުރަށް ފުރިހަމަކޮށް ކަރެކްޝަނަލް އޮފިސަރުންގެ ޓްރެއިނިންގް އިތުރަށް ފުރިހަމަކުރުމަކީ އުންމީދުކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

މި ގޮތުން އެކަމަށްކުރެވޭ މަސައްކަތްތަކުގައި ކަރެކްޝަނަލް ސަރވިސަސްގެ ލީޑަރޝިޕުން މިއަދުގެ ސަރުކާރަށްދޭ އެއްބާރުލުމަށް މަރުހަބާ ދަންނަވާކަމަށް ވެސް އިމްރާނު ވިދާޅުވިއެވެ.

https://twitter.com/CorrectionsMv/status/1294190171554897922?s=19

ފޮޓޯ:ކަރެކްޝަން

އިމްރާން ވިދާޅުވީ ކުށްވެރިން ބެލެހެއްޓުމުގެ ޒިންމާއަކީ ވަރަށް ބޮޑު ބުރަ ޒިންމާއެއްކަމަށެވެ. އަދި ކުށުގެވެށިން ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށާއި ރައްޔިތުންނަށް އަމަންއަމާންކަން ޤާއިމުކޮށްދިނުމުގެ ބުރަ މަސައްކަތުގައި ކަރެކްޝަނަލްގެ އޮފިސަރުން އަދާކުރައްވަނީ ވަރަށް ބޮޑު ޒިންމާއެއްކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ބޮޑެތި ނުރައްކާތެރި ކުށްވެރިން ބެލެހެއްޓުމަކީ ވަރަށް ނުރައްކާތެރި ވަޒީފާއެއްކަމަށެވެ. މި ގޮތުން ނުރައްކާތެރި ކުށްވެރިން ބެލެހެއްޓުމުގައި ކަރެކްޝަނަލްގެ އޮފިސަރުން ކޮންމެ ދުވަހަކު ވެސް އެ މީހުންގެ އަމިއްލަ ނަފުސުތައް ނުރައްކަލަށް ހުށަހަޅުއްވާ އެ ކުރައްވާ ބުރަ މަސައްކަތުގެ އަގު އެންމެ ފުރިހަމަ ގޮތުގަ ވަޒަންކުރައްވާކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: