މިހާރުގެ ސަރުކާރަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ ވަށްކަމުގެ ތުހުމަތު ތަށް ގިނަ ކަމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ސަރުކާރު ދިފާއު ކުރައްވައިފިއެވެ.
ސަރުކާރު ދިފާއު ކުރައްވާ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން އެގެންދަނީ އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހަށް ޖާގަދެއްވާ ކަންކަން ފާހަގަކޮށް ކަންކަން އިސްލާހު ކުރައްވަމުން ކަމަށް ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރުގައި މަޖިލީހަށް ވެއްދީ އެމްއެންޑީއެފް ކަމަށް ނަޝީދުގެ ޓުވީޓުގައި ފާހަގަ ކުރެއްވިއެވެ.
ރައީސް ނަޝީދު ސަރުކާރު ދިފާއު ކުރެއްވީ އެކި ބޭފުޅުންގެ ފަރާތުން ސަރުކާރަށް ފާޑުކިޔުންތައް އަމާޒު ކުރަމުން ގެންދާ ވަގުތެއްގައެވެ. އެގޮތުން އިއްޔެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ފާހަގަ ކުރެއްވީ މި ސަރުކާރުން ވެރިކަމަށް އައިސް މިވީ ދޮޅު އަހަރުގެ ތެރޭގައި ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ވައްކަން ކުރާ މަންޒަރުކަން އޮޑިޓް ރިޕޯޓްތަކުން ފެންނަން އެބައޮތް ކަމަށެވެ.
މީގެއިތުރުން އޮޑިޓަރ ޖެނަރަލްގެ އޮފީހުން ކޮވިޑް19އާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އިން ކުރި ހަރަދު ތަކުގެ އޮޑިޓު ރިޕޯރޓުން ހިޔާނާތާއި ވަށްކަމުގެ އެތައްކަމެއްވަނީ ފެންމަތިވެފައެވެ. އަދި އެ މައްސަލަތަކުގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ރައީސް ސާލިޙް ވަނީ އަންގަވާފައެވެ.

