ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަހުން ފޮނުވި 10 ވެންޓިލޭޓަރުގައި މައްސަލައެއް ނެތް: މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު މިނިސްޓްރީން ހުށަހެޅި ސްޕެސިފިކޭޝަނަށް ނުފެތޭ 10 ވެންޓިލޭޓަރުގެ ބަދަލުގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ އިން ފަހުން ފޮނުވި 10 ވެންޓިލޭޓަރުގައި މައްސަލައެއް ނެތް ކަމަށް އެ މިސްނިޓްރީން ބުނެފިއެވެ.

ކޮވިޑްގެ ފަރުވާ އަށް ބޭނުންވެގެން، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 75 ވެންޓިލޭޓަރު ގެންނަން ހަވާލުކުރިއެވެ. އެގޮތުން 10  ޕޯޓަބަލް އަދި 65 އައިސީޔޫ ވެންޓިލޭޓަރު އެކުންފުނިން ފޮނުވަދޭންޖެހެއެވެ.

ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށެވެ. އަދި ޖުމްލަ ފައިސާ ދައްކާތާ 29 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ގެނަންޖެހެއެވެ. ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ޕްރޮޖެކްޓުގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ދީފައެވެ.

ދުބާއީ ކުންފުންޏާ ޙަވަލާކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން މީގެ ކުރިން 10 ވެންޓިލޭޓަރެއް ފޮނުވިއެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ސްޕެސިފިކޭޝަން ދިމާނުވާތީ އެތަކެތި ބޭނުންކުރަން ކަމުނުދާ ކަމަށް ޑޮކްޓަރުންނާއި ނަރުހުން އަދި ބަޔޯމެޑިކަލް އިންޖިނިއަރުންގެ ޓީމަކުން ވަނީ ނިންމައިފައެވެ.

ހެލްތު މިނިސްޓްރީން ބުނީ ކުރިން ފޮނުވި 10 ވެންޓިލޭޓަރުގެ ބަދަލުގައި ދުބާއީ ކުންފުނިން ފޮނުވި ވެންޓިލޭޓަރުތައް މިނިސްޓްރީން އެދުނު ސްޕެސިފިކޭޝަނަށް ފެތޭ ކަމަށެވެ.

ދުބާޢީ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ މައްސަލަވަނީ ވަރަށް ބޮޑުވެފައެވެ. އަދި އެކަންވަނީ ހެލްތު މިނިސްޓްރީގެ އޮޑިތް ރިޕޯޓުގައިވެސް ފާހަގަކޮށްފައެވެ.

އެގޮތުން ޑަބްލިއުއެޗްއޯގެ ނަމުގައި އޮޅުވައިލުންތަކެއް ހުރިކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި 30  މިލިއަން ރުފިޔާ އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދޫކުރީ ބޭންކު ގެރެންޓީއަކާ ނުލާ ކަމަށްވެފައި އެކަމަކީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ އޮތް ކަމަކަށް ވާތީ ތަހުގީގު ކުރަން އޮޑިޓް ރިޕޯޓުގައި ލަފާދީފައިއެވެ.

ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް ގެރެންޓީއަކާ ނުލައި އެއްބަސްވުމުގެ 90 ޕަސެންޓަށްވާ ފައިސާ މާލިއްޔަތު ގަވާއިދާ ޚިލާފަށް ދޫކުރިއިރު، އޭގެ ކުރިން އެ ފައިސާ އަމިއްލަ މީހެއްގެ ބޭންކް އެކައުންޓަށް ޖަމާކުރަން އުޅުނު މައްސަލައެއްވެސް ފެންމަތިވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: