ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑުއަށް އިންޑިއާ ސިފައިން އައުމަކީ މައްސަލައެއް ނޫންކަމަށް ނުބުނަން: ނިޒާރު

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ މަގުތައް ހެދުމަށް އިންޑިއާ ސިފައިން އައުމަކީ މައްސަލައެއް ނޫންކަމަށް ވިދާޅުނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި އައްޑޫ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ، ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މިއަދު ސަންގުން ގެނެސްދިން ޚަބަރެއްގައި އެގޮތަށް ލިޔެފައިވާތީވެ، އެކަން ދޮގުކުރައްވާ ޢަލީ ނިޒާރު ވިދާޅުވީ އެގޮތަށް ވިދާޅުނުވާ ކަމަށެވެ. އަދި އައްޑޫއަށްވެސް އެނޫން ތަނަކަށްވެސް ސިފައިން އެރުމަކީ މައްސަލައެއް ނޫންކަމަށް ދޭހަވާ ފަދަ ގޮތަކަށްވެސް ވިދާޅުވެފައި ނުވާނޭކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، އިންޑިއާގެ 165 ލޭބަރުން އައްޑޫއަށް އަންނަން ތައްޔާރުވަމުން ދާ ކަމަށާއި، އެއީ އައްޑޫގައި ތަރައްގީކުރަމުންދާ ޕޮލިސް އެކަޑަމީގެ މަސައްކަތް ނިންމާލުމަށް އަންނަ ބައެއް ކަމަށެވެ. އަދި އެގޮތަށް ލޭބަރުން އައުމަކީ މައްސަލައެއް ނޫންކަމަށާއި، މިވަގުތުވެސް މަސައްކަތްތެރިންގެ ގޮތުގައި ރާއްޖޭގައި އިްނޑިއާގެ ނަރުހުންނާއި، ޑަކުޓަރުން އަދި ޓީޗަރުން ހަރަކާތްތެރިވަމުން ދާކަމަށެވެ.

ނިޒާރު ވިދާޅުވިކަމަށް ބުނެ ސަންގުން ގެނެސްދިން ހަބަރަކީ ފުރިހަމަ މައުލޫމާތު ނުހޯދާ ގެނެސްދެވިފައިވާ ޙަބަރެއްކަމުން ޢަލީ ނިޒާރު އަދި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: