ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނުގެ ދިފާއުގައި ނިކުންނަ ކޮންމެ މީހަކީ އައިއެސް މީހެއް ނަމަ އަހަރެންނަކީ ވެސް އައިއެސްގެ ޒުވާނެއް: މޮސްޓާ

ޝެއާރކޮށްލާ ކަހަލަދޯ؟

ދީނާ ގައުމުގެ ދިފާއުގައި ނިކުންނަ ކޮންމެ މީހަކީ އައިއެސް މީހެއް ނަމަ އޭނާ އަކީ ވެސް ފަހުރުވެރި އައިއެސް ޖަމާއަތުގެ ޒުވާނެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މޮސްޓާ މިހެން ވިދާޅުވެފައިމިވަނީ ”އިންޑިއާ އައުޓް“ އޭ ކިޔާ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިސިސްގެ ސެލްތަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާދީނީ މީހުން ބުނާ ގޮތުން ނަމަ ދީނާ ގައުމުގެ ދިފާއުގައި ނިކުންނަ ކޮންމެ މީހަކީ ހަރުކަށި އައިއެސް މީހެއް ކަމަށެވެ.

”އެހެންކަމަށްވާ ނަމަ އަހަރެންނަކީ ވެސް ފަހުރުވެރި ހަރުކަށި އައިއެސްގެ ޒުވާނެއް.“ މޮސްޓާ ވިދާޅުވިއެވެ.

ނަޝީދު މިދިޔަ އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އައިސިސް އިން ކުރާ ކަމެއްކަން މިހާރު ވަރަށް ގިނަ ބައިނަލްއަގުވާމީ އިދާރާތަށް ސާފުވެފައިވާ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީން މި ޝިޔާރު ބޭނުން ކުރާނަމަ، އެ ބާރު ދެވެނީ އައިސިސް އިން މި ރާއްޖެ ހިފުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

”އިންޑިއާ އައުޓް“ ގެ ނަމުގައި ކެމްޕޭނެއް ފަށާފައިވަނީ ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާގެ ސިފައިން އެބަތިބި ކަމަށް ތުހުމަތުކޮށް އެ ފަރާތްތައް ރާއްޖެއިން ބޭރު ކުރުމަށް ގޮވާލައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ އަސްކަރީ މަރުކަޒުތައް އަޅަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ރާއްޖޭގައި އެހެން ގައުމެއްގެ މިލިޓަރީ ނުވަތަ އަސްކަރީ ޕްރެސެންސެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: