ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރެންދޫ ނަަރުދަމާ ނިޒާމު ކޮމިޝަންކުރުމުގެ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑަބްލިއުއެސްސީ ޅ އަތޮޅު ކުރެންދޫގައި ގާއިމުކުރަމުންދާ ނަރުދަމާ މަސައްކަތުގެ އަމަލީ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ފެނަކަ ކޯޕަރޭޝަން، މިނިސްޓުރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފުރާސްޓުރަކްޗަރ ، އަދި އެމްޑަބްލިއުއެސްސީ ގެ ބޭފުޅުން އެރަށަށް ވަަޑައިގެންނެވެ. މި މަސައްކަތް މިއަދު ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ކުރެންދޫ ގެ ނަރުދަމާގެ މަސައްކަތަކީ29 މިލިއަން ރުފިޔާއަށް މިނިސްޓުރީ އޮފް ނޭޝަނަލް ޕްލޭނިންގ އަދި ހައުސިން އެންޑް އިންފުރާސްޓުރަކްޗަރ އިން އެމްޑަބިއުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔައްގެންދާ މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން6،000 މީޓަރ ގެ ނަރުދަމާ މައި ނެޓްވޯކާއި،720 މީޓަރ ޕަންޕިން ލައިން އާއި،2 ޕަންޕިން ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި އިދާރީ ބިލްޑިންގް އެއް ވަނީ ގާއިމުކޮށްފައެވެ.

އަދި މީގެ އިތުރުން އެރަށުގެ366 ގެއެއްގައި ޖަންޝަން ބަހައްޓައި މި ގެތަކަށް ނަރުދަމާގެ ކަނެކަޝަން ވަނީ ގުޅާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: