ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލްހާމްގެ އަނބިކަނބަލުން ”ރަހީނުކުރި“ މައްސަލަ ބަލައިދޭން އެދިއްޖެ

އިލްހާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މާޝާ ހަސަން – ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދުގެ އަނބިކަނބަލުން އާމިނަތު މާޝާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ރަހީނުކުރި ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދިއްޖެއެވެ.

މިކަމާ ގުޅިގެން ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް އާއި ފުލުހުން ޓެގު ކުރައްވައި އިލްހާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 11 ފެބުރުއެރީ 2018 ގައި އޭނާގެ އަންހެނުން، އައިމިނަތު މާޝާ ހަސަން، ނ. ވެލިދޫ / ކާމިނީގެ، ރަހީނުކުރި މައްސަލަ އަވަހަށް ބައްލަވާ ދެއްވުމަށް އެދޭ ކަމަށެވެ.

11 ފެބްރުއަރީ 2018 ގައި އިލްހާމް ފުލުހަށް ހާޒިރުވުމުން ނޫނީ، ބަންދުން ދޫކޮށްނުލާނެކަމަށް ބުނެ އިލްހާމްގެ އަނބިކަނބަލުން މާޝާއާ ސުވާލު ކުރުމަށް ކަމަށް ބުނެ އެދުވަހުގެ މެންދުރެއްހާއިރު މާޝާ ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ގިނަ އިރުތަކެއް ވަންދެން އޭނާ އެތަނުގައި ބޭންދުމަށް ފަހު ދޫކޮށްލީ އެރޭގެ ވަގުތެއްގައެވެ.

އިލްހާމް މީގެ ކުރިން ވިދާޅުވެފައި ވަނީ އޭނާ ނުފެނުނުކަމަށް ބުނެ، އަނބިކަނބަލުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، އިލްހާމް ހުރިތަނެއް ބުނުމުން ނޫނީ ދޫކޮށްނުލާނެކަމަށް ބުނެ ”ރަހީނުކުރި“ ކުރުން ބަލައިނުގަންނަކަމަށެވެ.

ކުރީގެ ޕީޖީ އައިޝަތު ބިޝާމް ވަނީ މަޖިލީހުގެ ކޮމިޓީއެއްގައި އެ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުން އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ނުދެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: