ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ރައްޔިތުންނަށް ކަންކަން ސިއްރުކޮށް އޮޅުވާލާ ކަމަށް ބުނެ އަދުރޭގެ ކަންބޮޑުވުން!

ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) : ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ކަންކަން ސިއްރުކޮށް އޮޅުވާލާ ކަމަށް ބުނެ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އަދުރޭ މިހެން ވިދާޅުވީ ބަޖެޓު ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދިވެހި ސަރުކާރުން ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށް ”ދިރަޔެސް“ ނޫހުގައިވާ ހަބަރެއްގެ ސްކްރީން ޝޮޓް ހިއްސާ ކުރައްވަމުންނެވެ.

އެގޮތުން އަދުރޭ ވިދާޅުވީ ރައީސް ޞާލިޙުގެ ސަރުކާރުން ނަގާ ލޯނުތަކުގެ ތަފްޞީލު ހާމަ ކުރެވޭކަށްނެތް ކަމަށާއި ހަދާ އެއްބަސް ވުމެއްގެ މަޢުލޫމާތު ދެވޭކަށްނެތް ކަމަށެވެ.

”[ސަރުކާރުން] ކުރާ ޚަރަދެއް ބުނެ ދެވޭކަށްނެތް. ކުރާ ވައްކަމެއް ބެލޭނެ ގޮތެއް ވެސްނެތް. އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ ވާނެކަމަށް ބުނަނީ. މީ ކޮންފަދަ ބިރުވެރި ކަމެއްތޯ؟“ އަދުރޭ ވިދާޅުވިއެވެ.

”ދިޔަރެސް“ ނޫހުގައި ބުނެފައި ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން އެ ނޫހުން އެ ބޮންޑު ވިއްކުމަށް އިންޑިއާ އާއި އެކު ވެވުނު އެއްބަސްވުމާއި، އެ ބޮންޑުގެ އިންޓަރެސްޓު ރޭޓު ހޯދުމަށް އެދި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި ކަމަށާއި ނަމަވެސް ފިނޭންސް މިނިސްޓްރީން މިއަދު ވަނީ އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް ބުނެފައި ކަމަށެވެ.

އަދުރޭ މިހެން ވިދާޅުވިއިރު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި ރައީސް ސޯލިހު ވަނީ މައުލޫމާތު ހާމަ ކުރުމަކީ ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަނާއި ހިޔާނަތާއި މަކާރާއި ހީލަތުގެ އަމަލުތައް ހުއްޓުވުމަށްޓަކައި، ވަރަށް ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: