ރާއްޖެ އަޅުވެތިކަމަށް ހުށަހެޅިގެންދާވަރުގެ އެއްބަސްވުންތަކުގައި ސޮއި ކުރާއިރު އެކަން ހިޔާނާތަކަށް ނުވަނީތޯ ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު އުފައްދަވައިފިއެވެ.
ޝިޔާމް މިހެން ވިދާޅުވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އުފުލަން ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުގެ ފަރާތުން ފޮނުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެކެމާ ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ މިނިވަން ދައުލަތެއްގެ މިނިވަންކަން ގެއްލުވާލާ އަޅުވެތިކަމަށް ކަމަށް ހުށަހެޅިގެންދާ ވަރުގެ ނުރައްކާތެރި އެގްރީމެންޓުތަކުގައި ސޮއި ކުރެވިގެންދާއިރު އެކަން ހިޔާނާތަކަށް ނުވަނީތޯ ސަރުކާރާ ސުވާލު ކުރައްވާފައެވެ.
”ޑރ. ޒިޔާދަކީ ފަސްބައި ސާފު ގައުމަށް އިހްލާސްތެރި ބޭފުޅެއް.“ ޝިޔާމް ވިދާޅުވިއެވެ.
Minivan dhaulathehge minivankan gelluvaala alhuvethi kamah husha elhigendhaa varuge nurakkaatheri agreement thakugai soikurevigen dhaairu ekankan hiyaanaathah nuvaneetho @ACC_Maldives @PGO_MV ?
Dr. Ziyad Baqir akee fasbai saafu qaumah ikhlastheri beyfulheh. pic.twitter.com/vwntG6vDSn— Ahmed Shiyam (@Shiyamaldives) September 28, 2020
ޕީޖީ އޮފީހުން ބުނީ ޒިޔާދުގެ މައްޗަށް މި ދައުވާ އުފުލީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުރިއިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާތީ އެވެ.
ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

