ބ.އޭދަފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު ފިޔަވާ އެހެން އެންމެން ބަލިން ރަނގަޅުވެއްޖެއެވެ.
އޭދަފުށިން ކައުންސިލުން ބުނީ އެ ރަށުން ޖުމްލަ 11 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެތެރެއިން 10 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށެވެ.
އެކްޓިސް ކޭސްގެ ގޮތުގައި އެ ރަށުގައި މިހާރު އުޅެނީ އެންމެ ކޭސް އެކެވެ.
އޭދަފުށިން ޕޮޒިޓިވްވި އެންމެންނަކީ ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. އެގޮތުން އެންމެފަހުން އެ ރަށުން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 27 އަހަރުގެ އިންޑިއާގެ ފިރިހެނެކެވެ.
އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ 22 ރަށެއްގައި 38 އެކްޓިވް ކޭސް އެބަ އުޅެއެވެ. އަދި މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ.ހޯނޑެއްދޫ އެކަންޏެވެ.

