އެޗްއާރުސީއެމް އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެންޓި ޓޯޗާ ގާނޫނު 2013ގެ ދަށުން އެޗްއާރުސީއެމުން ތަހުގީގުކުރާ ޓޯޗާގެ މައްސަލަތައް، ގާނޫނީ މުއްދަތުގައި ތަހުގީގުކޮށް ނިންމުމަށް ދިމާވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކޮށް އެކަން ޕީޖީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
އޭގެ އިތުރުން އިންސާނީ ހައްގުތަކަށް އުނިކަން ލިބޭ މައްސަލަތަކުގެ ތަފާސްހިސާބު އާއްމުކުރަން ޕީޖީ އޮފީހުން ތާއީދުކޮށްފައި ވާތީ އެޗްއާރްސީއެމުން ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ.
Anti Torture qanoon 2013 ge dhashun HRCM in thahqeeq kuraa torture ge massalathah, gaanoonee muhdhathugai thahugeegu koh ninmumah dhimaavaa dhathi thakaa behey gothun mashvaraa koh, ekan PG ge samaalu kamah genesfi@PGO_MV @HuShameem pic.twitter.com/brToRESS5Z
— HRC of the Maldives (@hrcmv) October 5, 2020
އެންޓި ޓޯޗާ ގާނޫނުގައި ހިމެނޭ ކަންތައްތަކަކީ ރާއްޖޭގައި ޓޯޗާކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަހުމްކުޑަ، ލާއިންސާނީ، އިހާނެތި އަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބު ދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ މައިގަނޑު ސިޔާސަތުތެކެވެ.

