ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ މަރުގެ މައްސަލަ: މައްސަލަ ކުރިޔަށް ނުގެންދެވުނުއިރު އަދުހަމްގެ ޝަކުވާއަކަށް ވީ ”ކޮތަރު ކޮށްޓެއްގައި“ ހުންނަން ޖެހުން!

ގާސިމް މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އަދުހަމް މީގެ ކުރިން ކުށަށް އިއުތިރާފު ވި
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހުމް ކުޑަކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ އަދުހަމް މުހައްމަދު ގާސިމް މަރާލިކަމަށް އިއުތިރާފުވުމަށްފަހު ކުށަށް އިންކާރު ކުރި އަދުހަމްއަށް ވަކީލަކު ހަމަނުޖެއްސޭތީ މިއަދުގެ ޝަރީއަތް ވެސް ކުރިޔަށް ނުގެންގޮސް ކެންސަލް ކުރަން ޖެހިއްޖެއެވެ.

އަނިޔާވެރިގޮތަކަށް، ގާސިމް މަރާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 4 ވަނަ ދުވަހުގެ ރޭގަނޑެވެ. ޒަހަމްތަކާއި އެކު، މަގުމައްޗަށް ވެއްޓިފައިއޮއްވާ ގާސިމް ފެނިފައިވަނީ ހުޅުމާލޭގެ، ވެހިކަލްތަކާއި މީހުން މަދު އަނދިރި ސަރަހައްދެއް ކަމަށްވާ ރީތިގަސްމަގުންނެވެ. ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމްގެ މަައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމަށްފަހު ބޭއްވި ދެ ވަނަ އަޑުއެހުމުގައި ވެސް އަދުހަމް ކުށަށް އިއުތިރާފްވިއެވެ. އަދި ފޭރެން އުޅުމުގެ ތެރޭގައި ގާސިމްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާ ދެވުނު ކަމަށް ބުނެ އަދުހަމް ވަނީ ތަހުގީގުގައި ކުށަށް އެއްބަސްވެފަ އެވެ.

މައްސަލައިގައި މިދިޔަ ޑިސެމްބަރު މަހުގެ 24 ގައި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ހަސަން ޝިފާއު ވިދާޅުވީ އެއީ ފޭރެން އުޅުމުގެ ތެރެއިން ހިންގި ގަތުލެއް ކަމަށެވެ. އަދި އޭނާ ވަނީ ގާސިމް މަރާލި ގޮތް، ތަހުގީގަށާއި ކޯޓުގައި ވެސް ކިޔާދީފައެވެ. އަދި ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި އާއި އޭނާ ލައިގެން ހުރި އަންނައުނު ވެސް ފުލުހުން ވަނީ ތަހުގީގަށް ހޯދާފައެވެ.

އެހެން ނަމަވެސް ކުށަށް އިއުތިރާފްވުމަށްފަހު މައްސަލައިގެ އަވަސް ނިޔާއެއް ކަނޑައެޅުމުގެ އަޑުއެހުމުގައި އޭނާ ކުށަށް އިންކާރު ކުރީއެވެ. އެހެން ކަމުން މައްސަލަ އަލުން ޖިނާއީ އެހެން މައްސަލަތައް ކުރިޔަށް ގެންދާ ގޮތަށް ކުރިއަށް ގެންދަން ޝަރީއަތުން ވަނީ ނިންމާފައެވެ.

ދުވަސްތަކަކަށްފަހު މިއަދު މައްސަލައިގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަދުހަމް ބުނެފައިވަނީ ވަކީލަކު އައްޔަނު ކުރުމަށް ފޯމެއް ހުށައަޅައިގެންވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އަދި އޭނާ ބުނިގޮތުން އޮންނަން ޖެހިފައިވަނީ ”ކޮތަރު ކޮއްޓެއްގަ“ އެވެ. އަދި އެއީ އެއްވެސް އަލިކަމެއް ނެތް ގޮޅިއެއް ކަމަށް ބުންޏެވެ.،

ވަކީލަކު ހަމަޖެއްސުމަށް ބޭނުންވޭތޯ ގާޒީ ސުވާލު ކުރުމުން އަދުހަމް ބުނީ އޭނާއަށް އޭނާގެ ދިފާއުގައި ވާހަކަ ދެއްކޭނެ ކަމަށާއި، ވަކީލަކު ބޭނުމެއް ނުވާ ކަމަށެވެ. އެހެން ކަމުން މައްސަލަ ކުރިޔަށް ގެންދިއުމަށް ލިޔެކިއުންތައް ވެސް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

މައްސަލައިގައި ގާޒީގެ ވާހަކަތާއި އަދި ދައުލަތުގެ ވާހަކަތަކަށްފަހު އަދުހަމް ވަނީ ވަކީލެއްގެ އެހީ ބޭނުންވެދާނެ ކަމަށް ބުނެފައެވެ. އަދި އެ މަޝްވަރާއަށް ވަގުތު ލިބިއްޖެނަމަ އެ އުސޫލުގެ ތެރެއިން ކުރިޔަށް ގެންދާން ބޭނުން ކަމަށް ވެސް ބުނެފައެވެ. އެއާއި އެކު ގަޒީ ވަނީ މައްސަލަ އެހެން ދުވަހަކަށް ތާވަލު ކުރައްވާ، ވަކީލަކު ހަމަޖައްސަން އަދުހަމް އަށް ވަގުތު ދެއްވާފައެވެ.

އަދުހަމް ގާސިމްއަށް ހަމަލާ ދީފައިވަނީ ފޭރުމުގެ ނިޔަތުގައި ކަމަށް އޭނާ ވަނީ ތަހުގީގަށް ކިޔާދީފައެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމަށާއި، ދިރިއުޅުމުގެ އެހެން ޒަރޫރީ ބޭނުންތަކަށް ވައްކަންކޮށްގެން ނުވަތަ މަގުމަތިން ދާ ބައެއްގެ އަތުން ފޭރިގެން އުޅުނު މީހެއްކަމަށް ފުލުހުން ކިޔާދީފައިވެއެވެ. އަދި އެކަން އޭނާ ޝަރީއަތުގައި ވެސް ކިޔާދިނެވެ.

ގާސިމް މަރާލިކަމަށް އިންކާރުކޮށް މިދިޔަ ފެބްރުއަރީ މަހު ބޭއްވި އަޑުއެހުމުގައި އަދުހަމް ބުނެފައިވަނީ އާނޭ ގަސްތުގައި މީހަކު މަރާލާފައި ނުވާނެ ކަމަށާއި ގާސިމްގެ މަރުގެ މައްސަލައަކީ އޭނާ ދެނަހުރި ކަމެއްވެސް ނޫން ކަމަށެވެ. އަދި ދައުވާއަށް އިންކާރު ކުރިއެވެ. ދައުވާއަށް އިންކާރު ކުރަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އަދުހަމް ބުނީ، އޭނާ ކުށަށް އިއުތިރާފުވެފައިވަނީ މަސްތުގެ ހާލުގައި ހުރެގެން ކަމަށެވެ. އަދުހަމް ބުނިގޮތުން ފުލުހުން އޭނާ ކޯޓަށް ހާޒިރު ކުރަނީ މަސްތު ކުރުމަށްފަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: