ރ. އުނގޫފާރުން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރެންޑަމްކޮށް އެ ރަށުން ސާމްޕަލް ނަގާފައިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ރ. ކުޑަކުރަތުން ބިދޭސީންތަކެއް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އުނގޫފާރުން ރެންޑަމްކޮށް ނެގި ސާމްޕަލެއް ޕޮޒިޓިވްވުމުން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެންނާނެ ކަމަށް ބެލެވެއެވެ.
އެޗްއީއޯސީ އިން ބުނީ މިކަމާގުޅޭ އިތުރު ތަފްސީލު މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާނެ ކަމަށެވެ.

