ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް ދޭ ހަމަލަތައް ނަޝީދު ގުޅުވާލެއްވީ ހަރުކަށި ފިކުރާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރުގެ މީހުން ބޭނުންވަނީ އަންހެނުން ގޭގައި ބޭތިއްބުމާއި، ހަމައެކަނި ޖިންސީ އެދުން ފުއްދުމަށާއި، ކިރުމައިންގެ ގޮތުގައި އަދި ދަރިން ބަލައި ގޭގައި ނޯކިރީ ކުރާ ބައެއްގެ ގޮތުގައި ބޭތިއްބުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މާލޭގައި ޓެކްސީގެ ހިދުމަތްދިނުމުގައި ހަރަކާތްތެރިވާ އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާގެ (އައިންތު) ކާރަށް ތަކުރާރުކޮށް ގެއްލުން ދެމުންދާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލައިގެ ބަހުސްގައި މެމްބަރުން ވާހަކަދައްކަވަމުން ދަނިކޮށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިއީ ހަރުކަށި މީހުން ބޭނުންވާ ގޮތަށް ރާއްޖޭގެ މުޖުތަމަޢު ބައްޓަންކުރުމަށްޓަކައި ދެމުންދާ ހަމަލާތަކެއް ކަމަށެވެ.

”ހަރުކަށި ފިކުރުގެ މީހުން ބޭނުންވާ ބޭނުމެއް، އަންހެނުން ގޭގައި ބައިތިއްބައި، ހަމައެކަނި ޖިންސީ އެދުން ފުއްދުމަށާއި ކިރުމައިންގެ ގޮތުގައާއި، ދަރިން ބަލައި ގޭގައި ނޯކިރީ ކުރާ ބައެއްގެ ގޮތުގައި ބައިތިއްބުމަށް“ ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި މި ފިކުރުގެ ބައްޓަމަށް ދިވެހި މުޖުތަމައު އެނބުރުމަށް ބަޔަކު ބިރު ދައްކައިގެން، ބާރުގެ ބޭނުންކޮށްގެން އިންތިޒާމު ވެގެން މަސައްކަތްތަކެއް ހިނގަމުންދާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

”މެމްބަރުން އައްސަވާ ސުވާލަކީ އެ އިންތިޒާމުގައި ދައުލަތުގެ އެހެން މުއައްސަސާތައް ބައިވެރިވަނީތޯއޭ. އެއީ ކަންބޮޑުވުން ބޮޑުވާ އިތުރު ސަބަބެއް“ ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ރާއްޖޭގައި ހިނގާ އެކިކަންކަން ހަރުކަށި ދީނީ ފިކުރާ ގުޅުވައިލައްވައިގެން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ދިވެހިރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވައިލާ ހިންގާ ”އިންޑިޔާ އައުޓް“ ހަރަކާތަކީވެސް ހަރުކަށި ފިކުރުގެ މީހުން ފަހަތުގައި ތިބެގެން ދުނިޔެއާ ދިވެހިރާއްޖެ އެކަހެރިކުރުމަށް ހިންގާ ހަރަކާތެއް ކަމުގައި ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: