ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒްޓިވްވީ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ދޭ 776 މީހަކު އެބަތިއްބެވެ.
ރާއްޖެއިން މިހާތަނަށް ޕޮޒްޓިވްވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 11737 އަށް އަރާފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒްޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 7480 ދިވެހިންނާއި 4257 ބިދޭސީއެކެވެ.
ރައްޖޭގައި ފަރުވާ ކުރަމުންދާ މީހުންގެ ތެރެއިން 56 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.
އެޗްޕީއޭއިން ވިދާޅުވީ މިވަގުތު ރާއްޖޭގެ 18 ރަށެއްގައި އާއި 27 ރިސޯޓެއްގައި ކޮވިޑް-19 ކޭސްތައް ހުރި ކަމަށެވެ. ރިސޯޓުތަކުން މި ބައްޔަށް އަށް ޕޮޒްޓިވްވި މީހުންގެ ތެރޭގައި މިވަގުތު ފަރުވާ ހޯދާ 35 ފަތުރުވެރިޔަކާއި 81 މުވައްޒަފަކު އެބަތިއްބެވެ.
ރާއްޖެއިން މިހަތަނަށް ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 10916 މީހެކެވެ.
މިހާތަނަށް މި ބަލީގައި ރާއްޖެއިން 38 މީހަކު ނިޔާވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 31 ދިވެއްސަކާއި ހަތް ބިދޭސީއެކެވެ.

