ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލުޠުފީ އަށް އެމްބަސީން ހިމާޔަތްދިނުމަކީ މި ވެރިކަމުން ބާޢީން ޢާޒީންނަށް ހެދުން: ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ތިނެއް ނޮވެމްބަރު 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަށް ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ހިމާޔަތް ދިނުމަކީ މި ސަރުކާރުން ބާޣީން ޣާޒީންނަށް ހެދުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ މިއަދު މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޖަމީލް ވިދާޅުވީ މީގެ 32 އަހަރުކުރިން އެތައް ބަޔަކު ޝަހީދުވެގެން ލިބުނު ނަޞްރު ހަނދާންކޮށްދެނީ ޚާއިނުންނަށް ފާރަވެރިވާންޖެހޭކަން ކަމަށެވެ. އެގޮތުން ލުޠުފީ އާއި ނާޞިރާއި ޝާހިދު ފަދަ ބާޣީންތަކަށް ޤައުމު އަބަދުވެސް ހޭލުންތެރިވާންޖެހޭނެ ކަމަށް ޖަމީލު ވިދާޅުވިއެވެ.

”ލުޠުފީ އަށް އެމްބަސީން ހިމާޔަތްދިނުމަކީ މި ވެރިކަމުން ބާޣީން ޣާޒީންނަށް ހެދުން“ ޖަމީލު ވިދާޅުވިއެވެ.

އުމުރު ދުވަހަށް ޖަލަށް ލާފައިހުރި ލުތުފީ ވަނީ ބޭސްފަރުވާ އަކަށް 2010 ގައި ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލާފައެވެ. އެގޮތަށް 8 އަހަރު އުޅުމަށްފަހު ލުތުފީ ވަނީ މިދިޔަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް ފުލުހުންނާ އަމިއްލަ އަށް ހަވާލުވެފައެވެ. އޭނާ އަނބުރާ ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.

ލުތުފީ އަނބުރާ ރާއްޖެ ގެނެސްފައިވާއިރު ބޭސްފަރުވާ އަކަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން ފިލި މައްސަލާގައި އޭނާގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: